ads
ރަށްތަކަށް ލިބިފައިވާ ގެއްލުން
ވިއްސާރާގައި ދެކުނުގެ ބައެއް ރަށްރަށަށް ބޮޑު ގެއްލުމެއް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ ރަށްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހްމީ އަހްމަދު ސީއެންއެމްއަށް ވިދާޅުވީ އެ ސިޓީގެ ވަރަށް ގިނަ ގެތަކަށް ވަނީ ފެންވަދެެ ގެއްލުން ލިބިފައި ކަމަށެވެ. އަދި ގިނަ ގަސްތަކެއް ވެސް ވެއްޓިފައިވާ ކަމަށް ފަހްމީ ވިދާޅުވި އެވެ. 

your imageއައްޑޫ ގެއެއްގެ ސީލިންގު ހަލާކުވެފައި

އަދި ރެއިން ފެށިގެން ކުރި ވިއްސާރާގައި އެ ސިޓީގެ ދެ ގެއެއްގެ ފުރާޅު ވަނީ އެއްލާލާފަ އެވެ. ފަހްމީ ވިދާޅުވީ އެއްގެއެއްގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

މިހާރު އެ ގެތަކަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރަމުންދާ ކަމަށާއި ރަށުގައި ވެލި ގޯނި ޖެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ވިއްސާރާގައި ފުވައްމުލަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. ފުވައްމުލަކުގެ ޑެޕިއުޓީ މެޔަރު މުހައްމަދު ޒިރާރު ސީއެންއެމްއަށް ވިދާޅުވީ އިއްޔެ ހެނދުނުން ފަށައިގެން އެ ސިޓީއަށް ވާރޭ ވެހެމުން އަންނަ ކަމަށެވެ.

އަދި ރޭ ދަންވަރު ވާރޭ ބޯކޮށްވެހި، ވައިގަދަވެ އެރަށުގެ ބައެއް ގެތަކަށް ވަނީ ފެން ވަދެފައި ކަމަށް ޒިރާރު ވިދާޅުވި އެވެ. އަދި ބައެއް ގެތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފައި ކަމަށް ވިދާޅުވި އެވެ.

your imageފުވައްމުލަކަށް ލިބިފައިވާ ގެއްލުން

މިހާރުގެ އެރަށުގައި އެމްއެންޑީއެފް، ފުލުހުން އަދި ކައުންސިލުން ގުޅިގެން ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ޒިރާރު ވިދާޅުވި އެވެ.

ރޭގެ ވިއްސާރާގައި ގދ. ގައްދޫއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެރަށުގެ ކައުންސިލަރު އާމިރު އަބްދުﷲ ސީއެންއެމްއަށް ވިދާޅުވީ އެރަށުގެ ދެ ގެޔަކުގެ ފުރާޅުގެ ޓިނުތައްވަނީ ނައްޓައިގެން ގޮސްފައި ކަމަށެވެ. އޭގެ ތެރެއިން އެއް ގެއެއްގެ ޓީވީ އާއި ސިޓިންރޫމްގައި ހުރި ފަރުނީޗަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

your imageގައްދޫ ގެއެއްގެ ފުރާޅު ގޮސްފަ

އޭގެ އިތުރުން ބައެއް ގޭގޭގައި ހައްދާފައިވާ ގަސްތައް ވަނީ ވެއްޓިފައި ކަމަށާއި މިހާރު އެރަށުގައި މަސައްކަތް ކުރަމުންދާ އާރްޑީސީ މީހުންނާއި ކައުންސިލާ ގުޅިގެން ދަނީ އެ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް