ads
ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
ޓީވީ ޕްރޮގްރާމެއްގައި ޝަމީމް ބައިވެރިވެވަޑައިގަތުމުން މީކާއިލް ފާޑުވިދާޅުވެއްޖެ
ރާއްޖެގެ ޓީވީގެ "މަޖާޒީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ޕްރޮސެކިއުޓާ ޖެނަރަލް، ހުސެއިން ޝަމީމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ފާޑުވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު މައްސަލަ އަލުން ބަލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް ހުށަޙެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މީކާއިލް ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ، އަދި ގައުމުގެ އެކި ގުނަންތަކުގެ މެޖޯރިޓީ ނަގައިގެން އޮވެ، ވައްކަމުގެ ލޭބަލް އެޅެމުންދާތީ ބިރުގަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޕާޓީގެ އަސާސްތައް ނެތިދާކަމުގެ ބިރު ހީވުމަކީ ބިރު ގަންނަކަމެއްކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ ހެލްތު މިނިސްޓަރަށް ވައްކަމުގެ ތުހުމަތު ކުރެވުން ދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތްތަކެއް ފެއްޓެވިކަން ފާހަގަކުރެއްވި އެވެ. އެކަމަކު ސަރުކާރެއްގެ ސިފައިގައި އަވަހަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅިފައި ނުވާތީ މީކާއިލް ވަނީ އެކަމުގައި ނުރުހުން ފާޅުކުރައްވާފަ އެވެ. 

އޭގެ އިތުރުން، މީކާއިލް ވަނީ ގާނޫނު އަސާސީގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނަރަލްއަކީ މުސްތަގިއްލު، މިނިވަން ބޭފުޅެއް ކަމަށެވެ. 

"އެހެންނަމަވެސް އެކަން ގަބޫލުކުރަން އަޅުގަނޑަށް ދެކޮޅު، މަޑުޖެހެނީ އަޅުގަނޑު އެކަންކަން ގަބޫލުކުރަން އަޅުގަނޑުގެ ހިތަށް ކުޅަދާނަ ނުވަނީ، އަނެއް ދުވަހު އަރައިވަޑައިގެން އެ ޕްރޮސެކިއުޓާ ޖެނަރަލް، އެ މުސްތަގިއްލު ކަމަށް އަޅުގަނޑުމެން މިބުނާ ޕްރޮސެކިއުޓާ ޖެނަރަލް މި އިންނަވަނީ ރާއްޖެ ޓީވީ ކިޔާ ޓީވީ ޗެނަލެއްގެ މަޒާޖީ ޕްރޮގްރާމެއްގަ. އޭސީސީގައި މިހާރު ވެސް ހިނގަމުންދާ ކޭސްއެއްގެ ވާހަކަ ދެއްކެވުމަށް ރަސްމީ ހައިސިއްޔަތަކުން ނޫން. މުސްތަގިއްލު ކަމަށް މި ގާނޫނު އަސާސީގައި ބަޔާންކުރާ ޕްރޮސެކިއުޓާ ޖެނަރަލަކަށް ޓީވީ ޗެނަލެއްގެ މަޒާޖީ ޕްރޮގްރާމެއްގައި އަރައި ވަޑައިގެން މިހާރު ހިނގަމުންދާ ކޭސްއެއްގެ ވާހަކައެއް ނުދެއްކެވޭނެ. އެއީ އަންއެތިކަލް ކަމެއް،" މީކައިލް ވިދާޅުވި އެވެ.

މީކައިލް ވިދާޅުވީ ރާއްޖެގެ ޓީވީގެ "މަޖާޒީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ޕްރޮސެކިއުޓާ ޖެނަރަލް އޭސީސީން މިހާރު ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ވާހަކަ ދެއްކެވުމަކީ ޕީޖީގެ މުސްތަގިއްލު ކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ޕީޖީ ޝަމީމް މަގާމުގައި ބަހައްޓަވައިގެން ކުރިއަށް ދިއުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީ، ވަގު ލޭބަލުން ސަލާމަތްކުރަން ބޭނުންނަމަ ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ޕާޓީގެ ޕާލިމެންޓް ގްރޫޕްގެ ބައްދަލުވުންތައް ލައިވްކުރުން ކަމަށެވެ. އަދި އެކަން ޕާލިމެންޓް ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް ހުށަހަޅުއްވާނެ ކަަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން އަލުން މުރާޖާ ކުރަން މިއަދު ޕީޖީން ވަނީ ނިންމާފަ އެވެ. 

ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޕީޖީއަށް އަމާޒުވެފައިވާއިރު ޕީޖީގެ މަގާމުގައި އެހެން ބޭފުޅަކު ހުންނަވައި، ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާކޮށް، ވިން ކުރެވިދާނެތޯ ރާއްޖެ ޓީވީގެ ޕްރޮގްރާމުގައި ސުވާލު ކުރެއްވުމުން ޝަމީމް ވިދާޅުވީ، މިހާރު ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް ސާބިތުކުރެވިދާނެ ކަމަށް ނުބެލޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް