ads
ކަނޑުގަދަ ދުވަހެއްގައި ފެރީ ދަތުރުކުރަނީ---
މޫސުން ގޯސް ވުމުގެ ސަބަބުން ދަތުރުތައް މެދުކެނޑިދާނެ: އެމްޓީސީސީ
މޫސުން ގޯސްވެ، ކަނޑު ގަދަ ވުމުގެ ސަބަބުން ފެރީ ދަތުތުތައް ޝެޑިއުލް ތަކާއި އެއްގޮތަށް ނުގެންދެވުމަކީ އެކަށިގެންވާ ކަމެއް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެގޮތުން އެމްޓިސީސީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މޫސުން ގޯސްވެ، ކަނޑު ގަދަ ވުމުގެ ސަބަބުން ފެރީ ދަތުރުތައް ޝެޑިއުލް ތަކާއި އެއްގޮތަށް ނުގެންދެވުން އެކަށިގެންވާ ކަމަށާއި، މިކަމުގެ ސަބަބުން ފޭރީ ދަތުރު ކުރާ ފަރާތް ތަކަށް ދިމާވެދާނެ ގެއްލުންތަކަށް މައާފަށް އެދޭ ކަމަށެވެ.

ވިލިނގިލީގައި އުޅޭ ގިނަ ބަޔަކީ ވަޒީފާ އަދާ ކުރުމަށާއި ކިޔެވުން ފަދަ މުހިންމު ކަންތައްތަކަށް މާލެ ދަތުރުކުރަން ޖެހޭ ބަޔަކަށް ވާއިރު، އެމްޓީސީސީގެ ފެރީތަކުގެ ހިދުމަތް ޝެޑިއުލްތަކާއި އެއްގޮތަށް ނުގެންދެވިއްޖެ ނަމަ އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ބަޔަކީ މާލެ އާއި ވިލިނގިއްޔާ ދޭތެރޭގައި ދަތުރު ކުރާ ފަރާތްތަކެވެ. 

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 14:00 އިން މެންދުރު 18:00 ގެ ނިޔަލަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.  

އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިތުރުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ބެލެވެެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް