ads
2008 ވަނަ އަހަރުގެ ސާފު ތަށްޓައި އެކު ދަގަނޑޭ އަދި އޮއްޕޮ
އޭއެފްސީ ކަޕުގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ
އޭއެފްސީ ކަޕުގެ ޑްރީމް ޓީމު- އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ހިމެނިއްޖެ އެވެ. ޑްރީމް ޓީމުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިން ހޮވާނީ ސަޕޯޓަރުންގެ މެދުގައި ނެގޭ އޮންލައިން ވޯޓަކުންނެވެ.

އޭއެފްސީގެ އެންމެ މޮޅު ފޯވާޑުގެ ގޮތުގައި ދަގަނޑޭ ޑްރީމް ޓީމުގެ ވޯޓިން ޕޯލަށް ހޮވިފައިވާއިރު މި ސަރަހައްދުން ދެން ހޮވިފައިވަނީ ހަމަ އެކަނި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. ދަގަނޑޭ އާއި ޗެތުރީގެ އިތުރުން ދެން ހިމެނެނީ އީރާގުގެ ހައްމާދީ އަހުމަދާއި އަމްޖަދު ރާދީ، ސްޕެއިނުގެ ބިއެންވެނީޑޯ މަރަނޯން، ސިންގަޕޫރުގެ އަލެކްސަންޑަ ޑުރިޗް، ލެބަނަންގެ މުހައްމަދު ގައްދާރު، ޖޯޑަންގެ މުހައްމަދު ޝައެލްބާ، ބްރެޒިލްގެ ރީކޯ، ޓިއުނީސިއާގެ އިސާމް ޖެމާ، ޖޯޑަންގެ އަބްދުލްހާދީ އަލްމަހުރަމީ، ސީރިއާގެ ރަޖާ ރާފް އަދި ތަޖިކިސްތާންގެ މަނޫޝޭރް ޒުހަލިލޯފް އެވެ.

އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ އަކުރަމް އަބްދުލްޣަނީ ކުރިން ހިމެނުނެވެ. އެހެންނަމަވެސް އަކްރަމް ޑްރީމް ޓީމަކަށް ނުހޮވުނެވެ.

ދަގަނޑޭވަނީ މީގެ ކުރިން އޭއެފްސީ ކަޕުގެ އެންމެ މޮޅު ސޯލޯ ގޯލްގެ މަގާމު ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް