ads
އޯކިޑް މަގާއި ފަރީދީ މަގު-
އޯކިޑް މަގާއި ފަރީދީ މަގު އޮޅެނީ ކޮން ބަޔަކަށްތަ؟
މާލޭގައި ދިރިއުޅޭ މީހުންނަށް އޯކިޑް މަގާއި ފަރީދީ މަގު އޮޅުމަކީ މަދުން ނަމަވެސް ވާ ކަމެކެވެ.

އެގޮތުން އަވަސް އަރުވާލައިގެން ތަނަކަށް ދާން އުޅޭއިރު ނުވަތަ ތަނަކައް އެއްޗެއް ހަވާލުކުރަން ދިއުމުގައި މި ދެ މަގު އޮޅުމުގެ ސަބަބުން ނުބައި ތަނަކަށް ދެވި، ނުވަތަ ހޯދަން އުޅޭ ތަން ނުފެނި އެތައް ވަގުތެއް ބޭކާރުވެގެން ދާ ކަމަށް ވެ އެވެ.

މީގެ ސަބަބުން އިތުރަށް ލަސް ވެގެން ދާއިރު، ކޮފީ މޭޒުތަކުގައި ރައްޓެހިންގެ ތެރޭގައި މިފަދަ ކަންތަކާ ދިމާކުރުމާއި މިފަދަ ކަންތައްކަށް ޖޯކު ޖަހާ ފަހަރު ވެސް ވަކި މަދެއްް ނޫނެވެ. 

އެހެން ކަމުން މިކަމަށް ފަސޭހަ ހައްލެއް ދެންތޯއެވެ؟ ހަނދާން ކުރާށެވެ. ޗާންދަނީ މަގުން ގޮސް ސައިކަލުގައި ވަދެވޭނީ ފަރީދީ މަގަށެވެ. ގަޑިބުރު ކައިރިން ވަދެވޭނީ އޯކިޑް މަގަށެވެ. މިކަން ބޮލުގައި ބައިންދައިގެން އެއިން މަގެއްގައި ހުރި ތަނަކަށް ދިއުމަށް ދުއްވީމާ ލަސްތަކެއްނުވެ ދެވިދާނެއެވެ. ރައްޓެހިން ޖޯކެއްވެސް ނުޖަހާނެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް