ads
އޮކްސްފޯޑުން އުފެއްދި ވެކްސިން--
ސިރަމް އިންސިޓިޓިއުޓުން ގަތް އެއްލައްކަ ޑޯޒް ވެކްސިން ގެނެސްފި
ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާއިން ގަނެފައިވާ ވެކްސިންގެ ފުރަތަމަ 100،000 ޑޯޒު މިއަދު ރާއްޖެ ގެނެސްފި އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާ އެކު 23 މާޗް 2021 ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނެވުނު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ އެއްބަސްވުމުގެ ދަށުން ކޮރޯނާ ވައިރަސް ވެކްސިން (ރިކޮމްބިނެންޓް) ކޮވިޝީލްޑް ވެކްސިންގެ ދެލައްކަ ޑޯޒް ރާއްޖެއިން ގަނެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އިންޑިއާގެ ސަރުކާރުން ވަނީ ރާއްޖެއަށް ދެލައްކަ ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައި ކަމަށާއި އަދި ކޮވެކްސް ފެސިލިޓީން ވެސް ވަނީ ރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވައި ކަމަށް ބުނެފަ އެވެ.

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 232،175 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން 129،069 މީހުންނާއި އަދި އަތޮޅު ތެރެއިން 103،106 މީހުންނެވެ.

ރާއްޖެއިން ތިން ވެކްސިނަކަށް ވަނީ ހުއްދަދީފަ އެވެ. އެއީ ސިނަފޯމްގެ އިތުރުން ފައިޒާ އާއި ކޮވިޝީލްޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް