ads
ކަނޑުގަަދަ ދުވަހެއްގައި ތެޔޮ ބޯޓެއް ދަތުކުރަނީ-- ފޮޓޯ: ސީއެންއެމް
ކޮޅިގަނޑު ރާއްޖެއާ ދުރަށް ދަނީ، މާދަން މޫސުން ރަނގަޅުވާން ފަށާނެ: މެޓް
ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ވިއްސާރަކުރަމުން އަންނައިރު މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު އެންމެގިނަ ޢަދަދަކަށް ވާރޭވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ އައްޑޫ ގަމަށް ކަމަށެވެ. އަދި ވައި އެންމެގަދަވެފައި ވާކަމަށް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު 5 މޭލު ބާރުމިނަށް ސ. ގަމުގެ މެޓް އޮފީހުގައި ކަމަށެވެ. 

އެ ކޮޅިގަނޑު ރާއްޖެއާއި ދުރަށް (ހުޅަނގުއުތުރަށް) ޖެހެމުން އަންނަކަން ފާހަގަކޮށް މެޓުން ބުނީ މާދަމާއިން ފެށިގެން ރާއްޖެސަރަހައްދަށް ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިންވެސް ދަށްވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށެވެ. 

މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށާއި އުތުރުގެ އެކިހިސާބަށް ވިއްސާރަވެ ގުގުރާނެކަމަށް ވެސް ލަފާކޮށްފައިވާއިރު މެޓުން އިތުރަށް ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން މިއަދާއި މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެކަން ފާހަގަކޮށް މެޓުން ބުނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމުން، އާންމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ވެސް މޫސުމަށް ސަމާލު ވުމަށް އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް