ads
ގެއެއްގެ ފުރާޅު ވަޔާ ދިއުމުން ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް
މޫސުން ގޯސްވުމުން ގެއްލުން ލިބުނު ބައެއް ރަށްރަށަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
މޫސުން ގޯސްވުމުގެ ސަބަބުން ދެކުނު ބައެއް ރަށްރަށް ލިބުނު ގެއްލުމާއި ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިން ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ ބައެއް ރަށްރަށް ގެއްލުން ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. 

އެގޮތުން ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ބައެެއް ރަށްރަށުގައި ގޭގޭގެ ފުރާޅު އެއްލާލުން، ފެންބޮޑުވުން އަދި ގަސްތައް ވެއްޓުންފަދަ ހާދިސާތައް، ވިއްސާރައިގެ ސަބަބުން ހިނގާފައި އެބަހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން ފުވައްމުލަކުގައި ފެން ބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނާތީ، 89 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ކުރި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މީގެއިތުރުން، ވައިގަދަވެ ފަސް ގެއެއްގައި ހުރި ރުއް ވެއްޓުމާ ގުޅިގެން އެ ރުއްތައް ނެގުމުގެ މަސައްކަތް ވެސް ކުރި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ތިން ރަށަކަށް ވިއްސާރައިގެ ސަބަބުން އެކި ގެއްލުންތައް ވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ. މި ތިން ރަށުގެ ތެރެއިން ފޭދޫގައި ދެ ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތްކުރުމުގެ މަސައްކަތް އަދި އެގެތަކުގައި ފެން ބޮޑުވުމާ ގުޅިގެން ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިފައިން ކުރާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

އަދި ހިތަދޫގެ ގެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތު ކުރުމާއި އިތުރު ހަތަރު ގެއެއްގެ ގޯތިތެރޭގައި ހުރި ގަސްވެއްޓުމާ ގުޅިގެން ގަސް ނެގުމު މަސައްކަތް އަދި އިތުރު ދެ ގެއަކަށް ފެން ވަންނަ ކަމުގެ ރިޕޯޓް ލިބިގެން އެ ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ކުރި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި މަރަދޫ ގެއެއްގެ ތެރޭގައި ހުރި ރުކެއް ވެއްޓުމާއި ގުޅިގެން އެ ރުއް ނެގުމުގައި ސިފައިން ހަރަކާތްތެރިވި ކަމަށް މައުލޫމާތު ދީފައިވެއެވެ.

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރު ކޮށްފައިވާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު މެޓް އޮފީހުން ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް