ads
ޖިންސީ ގޯނާ
ބޮސްގެ ފަރާތުން ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބި، މައްސަލަ ހުށަނޭޅިފައި!
ޖިންސީ ގޯނާ އަދި ރޭފްއަކީ ރާއްޖޭގެ ކުޑަކުޑަ މުޖްތަމައުގައިވެސް ވަރަށް ބޮޑުވެފައިވާ ކުށެކެވެ. ގޭތެރޭގައި ވެސް އަދި ވަޒީފާގެ މާހައުލުން ވެސް ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ވަރަށް ގިނަ ފަރާތްތަކެއް އުޅެމުން ދެއެވެ.

އެގޮތުން ބޮސްގެ ފަރާތުން ދިމާވެފައިވާ ޖިންސީ ގޯނާގެ ވާހަކައެއް ދިވެހި ކުއްޖެއް ކަމަށްވާ، އައިޝާ (އަސްލު ނަމެއް ނޫން) ސީއެންއެމްއާ ހިއްސާކޮށްފައި ވެއެވެ.

އައިޝާ ކިޔައިދިން ގޮތުގައި އޭނާ އެ އޮފީހުގެ ވަޒީފާ އަދާކުރަން ފެށިއްސުރެ އޭނާގެ ބޮސް ކަޅިއަޅަ އެވެ. އަދި އޭނާއަށް ކޮފީއަށްދާން ދައުވަތުވެސް ދެޔެވެ. 

ނަމަވެސް އައިޝާގެ ލޯބިވެރިއަކު ހުރުމުން އޭނާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަދި އޭނާއަށް ލިބޭ ބްރޭކް ގަޑީގައި ލޯބިވެރިޔާ އާ އެކުގައި ވަގުތު ހޭދަކުރުމަށް ދާތީ އޭނާގެ ބޮސް ހުންނަނީ އިންތިހާއަށް ހިތްހަމަނުޖެހިފައިކަން ވެސް އައިޝާ ފާހަގަކުރި އެވެ.

ދުވަސްކޮޅެއް ފަހުން އޭނާ ވަޒީފާއިން ވަކިކުރިކަން ފާހަގަކޮށް އައިޝާ ބުނީ އޭނާ މަސައްކަތް ކުރި މަހުގެ މުސާރަ އެ އޮފީހުން ނުދޭ ކަމަށެވެ. އެހެންކަމުން މުސާރަ ކޮބައިތޯ ބޮސްއަށް މެސެޖް ކުރުމުން ބައްދަލުވުމަށް އެދުނު ކަމަށް އޭނާ ބުންޏެވެ. އޭރުން މުސާރަ ދޭނެކަމަށް ވެސް ބުނިކަމަށް ބުނެ އެވެ. 

ބޮސް އޭނާ ކައިރީގައި އެދުނީ ހެނދުނު ގަޑީގައި އޮފީހަށް ބައްދަލު ކުރުމަށް ދިއުމަށެވެ. ނަމަވެސް އޭނާއަށް އެދުވަހު ހެނދުނު ގަޑީގައި ނުހޭލެވުނު ކަމަށް އައިޝާ ބުންޏެވެ. އަދި ހޭލެވުނު ގޮތަށް ބޮސްއަށް މެސެޖް ކުރުމުން ބޮސް ގެއަށް އައުމަށް އެދުނު ކަމަށް އައިޝާ ބުންޏެވެ.

އަދި ބޮސް އޭނާ ބަލާ ސައިކަލުގައި އައި ކަމަށާއި ދެން އޭނާ ގޮވައިގެން ދިޔައީ ހެންވޭރުގެ ކޮންމެވެސް ހިސާބެއްގައި ހުންނަ ގެއަކަށް ކަމަށް އައިޝާ ބުނެ އެވެ. އޭނާއަށް ވެސް ދެވުނީ ސީދާ ކޮންތަނަކަކަށް ކަމެއް ނޭނގެ އެވެ.

ފުރަތަމަ އޭނާ ގޭގެ ތިރީގައި މަޑުކޮށްލުމަށް ބޮސް ބުނި ނަމަވެސް ފަހުން އޭނާ ގޭތެރެއަށް ވެއްދި އެވެ. 

ބޮސް އޭނާއަށް މުސާރަ ދޭނެކަމަށް ބުނެ ގެންދިޔަ ނަމަވެސް ދެން ކުރަން ފެށި ސުވާލަކީ އައިޝާ އޭނާގެ ލޯބިވެރިޔާއާ ރުޅިވީ ކީއްވެތޯ އާއި އޭނާގެ ޒާތީ ހަޔާތުގެ ވާހަކަތަކެވެ.

އަދި އެ ވާހަކަތައް ދައްކަމުން އައިޝާ އާ ކައިރިވަމުން ދިޔަ ކަމަށާއި އަދި ގައިގައި އަތްލާން ފެށި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އޭނާއާ ކައިރި ނުވުމަށް އެދުނެވެ.

ދެން ކުއްލިއަކަށް ބޮސް އެއްކޮށް ބަރަހަނާވި ކަމަށާއި އަދި އައިޝާ އަޅައިގެން ހުރި ވަތް ބުރުގާ ދަމައިގަތް ކަމަށާއި އަދި އޭނާގެ ކަދުރާ އާއި މޫނުގައި ބޮސް ދޭން ފެށި ކަމަށް ބުންޏެވެ.

އަދި އައިޝާ ޕީރިއެޑްވެފައި ހުރިކަމަށް ބުނެ ދެކޮޅު ހަދަން ފެށުމުން ނުރުހުމުގައި ޖިންސީ ގުނަވަންތަކުގައި އަތްލާން ފެށި އެވެ.

އައިޝާ ރޯން ފެށުމުން ބޮސް ބުނީ މިއީ އޭނާގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ގިނަގިނައިން އެހެން ފިރިހެނުންނާއި އެކުގައި އުޅެލުމުން މީހާ ސްޓެސް ފްރީވާނެ ކަމަށެވެ.

އައިޝާ ބުނި ގޮތުގައި ކުއްލިއަކަށް ބޮސްއަށް ފޯން ކޯލެއް އައެވެ. އަދި އެވަގުތުގައި ރަހުމަތްތެރިއެއް ގާތު އޭނާ ބަލާއި އައުމަށާއި އޭނާއަށް ކެނޑި ނޭޅި ގުޅުމަށް އެދުނު ކަމަށެވެ. އެހެންނަމަވެސް ކަން ދިމާކުރި ގޮތުން ރަހުމަތްތެރިޔާ އޭނާ ބަލައެެއް ނާދެ އެވެ. 

ރޮމުން ވެސް އޭނާއަށް އެތަނުގައި ހުންނަން މަޖުބޫރުވި އެވެ.

ފަހުން އެކަމެއް ނިންމާލުމަށް ފަހު އަންހެން ކުއްޖާ ކެފޭއަކަށް ލުމަށް ފަހު ބޮސް ވަނީ އެތަނުން ގޮސްފަ އެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅަން އަންހެން ކުއްޖާ ބޭނުންވި ނަމަވެސް އޭނާއަށް އެކަން އެގޮތަކަށް ނުކުރެ އެވެ. ސަބަބަކީ އާއިލާގެ ނަމަށް ހުތުރުވެދާނެތީ މައިންބަފައިން މައްސަލަ ހުށަހަޅަން ބޭނުން ނުވަނީ އެވެ. އަދި ބޮސްއަކީ ގާނޫނީ ވަކީލަކަށްވެފައި އޭނާއަށް އެ ކޭސް "ވިން" ކުރުމަށް އުނދަގޫވާނެ ކަމަށް މައިންބަފައިން ބުނަމުންދިއުމެވެ.

އެ މައްސަލަ ރައްދުވާ ފަރާތް ސީއެންއެމްއަށް ބުނީ އެ ޒުވާން އަންހެން ކުއްޖާ ކުރާ ތުހުމަތުތައް ދޮގުކުރާ ކަމަށެވެ. އަދި އޭނާ އެ ގޮތަށް ވާހަކަ ދައްކަނީ މުސާރަ ނުދީގެން ކަމަށާއި އެ ކުއްޖާ ވަނީ ވަޒީފާގައި އުޅުނުއިރު 100 ރުފިޔާ ވަގަށް ނަގާފައި ކަމަށެވެ. 

11%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް