ads
މޫސުން ގޯސްވެ ދޯންޏެއް އަޑިއަށް ގޮސްފައި--
ރާޅުގެ އުސްމިން 8 ފޫޓުގައި، ސަމާލުވޭ!
ރާޅުގެ އުސްމިން ފަސް ފޫޓަށް އުފުލި، ދިޔަަވަރު ބޮޑުވާ ގަނޑިތަކުގައި އުނދަ އެރުމާއިއެކު، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން އަންގައިފި އެވެ.

މެޓުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެެވެ.

ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ބުނެއެވެ. 

ރާޅުގެ އުސްމިން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް 6 ފޫޓާއި، 8 ފޫޓުގައި އުޅޭނެކަމަށް ލަފާކޮށްފައިވާއިރު، އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ 4 ފޫޓާއި، 6 ފޫޓުގައެވެ. އަދި ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށާއި އެހެންކަމުން ހުރިހާ ފާރާތްތަކުން، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ. 

ކުރިއަށް އޮތް 24 ގަނޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުނެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތަގަނޑަކަށް 55 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓުން ވަނީ ބުނެފައެވެ. 

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް