ads
ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމަށް ސަރުކާރުން މާލީ އެހީތެރިކަން ދެނީ!
ވިއްސާރައިގެ ސަބަބުން އައްޑޫސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ލިބުނު ގެއްލުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރުވައިފި އެވެ.

ރާއްޖޭގެ ސަރަހައްދުގައި އިއްޔެ އުފެދުނު ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަށެވެ. 

މި ދެ ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދިޔުމާއި ގުޅިގެން، އެ ދެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލު ރައީސް ވަނީ ރޭ ފޯނުން ގުޅުއްވާ ބައްލަވާފައެެވެ. 

ރައީސް ވަނީ އައްޑޫސިޓީގެ މޭޔާ އަބްދުﷲ ސޯދިގާއި، ފުވައްމުލަކު ސިޓީގެ މޭޔާ އަބްދުﷲ ފަލާހް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާވެސް ވަކި ވަކިން ރޭ ފޯނުން ގުޅުއްވައި، އެ ދެ ސިިޓީގެ އެންމެ ފަހުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ހައްލުކޮށްދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ވިދާޅުވެފައެވެ. 

ފުވައްމަލަކު ސިޓީގެ މިހާރުގެ ހާލަތު ސާފުކޮށްދެއްވާ ވާހަކަދައްކަވަމުން ކައުންސިލްގެ ޑިރެކްޓާ އަލީ މަސީހް ސީއެންއެމްއަށް ވިދާޅުވީ، މޫސުން ކުރިއަށްވުރެ ރަނގަޅުވެފައިވީނަމަވެސް އިއްޔެކުރި ވިއްސާރާގެ ސަބަބުން ވަރަށް ބޮޑެތި ގެއްުލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ދަނޑު ބިންތަކާއި ގޭގެއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން މަސީހް ވިދާޅުވީ ރައީސް ސޯލިހް ރޭ ގުޅުއްވައި ސިޓީގެ ހާލަތު ބެއްލެވުމުން ފުވައްމުލަކު ސިޓީގެ މޭޔާ އަބްދުﷲ ފަލާހް ވަނީ ރަށަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކަށް ސަރުކާރުގެ އެހީތެރިކަމަށް އެދޭކަމަށް ދަންނަވާފަ ކަމަށެވެ. އެހެންކަމުން ރައީސް ވަނީ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭނުވާ މާލީ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ ކަމަށް މަސީހް ވިދާޅުވިއެވެ. 

ފުވައްމަލަކު ކައުންސިލުން މިހާރު ދަނީ ރަށަށް ލިބިފައިވާ ގެއްލުންތައް ބަލަމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ކިޔެވުމާއި ބައެއް އާއްމު ހިދުމަތްތައްވެސް ވަނީ މެދުކަނޑާލާފައެވެ. އެެހެންނަމަވެސް މިއަދު ވަނީ އެ ހިދުމަތްތައް ދޭން ފަށާފައެވެ. 

އިއްޔެގެ ދަންވަރުގެ ވަގުތެެއްގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އައްޑޫސިޓީން ފެށިގެން ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އަދި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދެ ފަހަރެއްގެ މަތިން އޮރެންޖް އިންޒާރު ނެރެފައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އިއްޔެ ވަނީ އެކި ވަގުތުތަކުގައި އެކި އެލާޓްތައް ނެރެފައެވެ. 

އެޔަށްފަހު އިއްޔެ ފެނިގެންދިޔައީ މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖެއަށް ގަދަ ވަޔާއިއެކު މޫސުން ގޯސްވެގެން ދިޔަތަނެވެ. ބޯކޮށް ވާރެވެހުމާއިއެކު މިއިން ދުވަހަކު ނުވާ ވަރަށް ވައިގަދަވެ، ކަނޑުތައްވެެސް ގަދަވެގެން ދިޔައިރު އެންމެ ބޮޑު ގެއްްލުމެއް ވެފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް