ads
ލޯންޗް ބަންޑުންޖަހާލާފައި...
ކޮޅިގަނޑެއްގައި ލޯންޗެއް ބަންޑުން ޖަހާލައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ގއ.އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ބަންޑުން ޖަހާލާފައިވަނީ ގއ.އަތޮޅު ޕާކް ހްޔަޓް މޯލްޑިވްސް ހަނޑަހާ ރިސޯޓް ބޭރު ޖެޓީ ފައްތިޔަލުގައި އަޅާފައި އޮތް ލޯންޗެއް ކަމަށާއި، މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 21:58 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، ލޯންޗު ބަންޑުން ޖަހާލާފައިވަނީ އައި ބާރު ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. 

އަދި މިހާދިސާއާއި ގުޅިގެން އެންއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓްގާޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް