ads
ފޮޓޯ: ސީއެންއެމް
ިވިއްސާރާގައި ފުވައްމުލަކުގެ 98 ގެޔަކަށް ބޮޑެތި ގެެއްލުންތަކެއް!
އިއްޔެ ދަންވަރުގެ ވަގުތެެއްގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އައްޑޫސިޓީން ފެށިގެން ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އަދި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދެ ފަހަރެއްގެ މަތިން އޮރެންޖް އިންޒާރު ނެރެފައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އިއްޔެ ވަނީ އެކި ވަގުތުތަކުގައި އެކި އެލާޓްތައް ނެރެފައެވެ.

އެޔަށްފަހު އިއްޔެ ފެނިގެންދިޔައީ މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖެއަށް ގަދަ ވަޔާއިއެކު މޫސުން ގޯސްވެގެން ދިޔަތަނެވެ. ބޯކޮށް ވާރެވެހުމާއިއެކު ވައިގަދަވެ، ކަނޑުތައްވެސް ގަދަވެގެން ދިޔައިރު އެންމެ ބޮޑު ގެއްްލުމެއް ވެފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކަށެވެ.

ފުވައްމުކަލަކު މިހާރުގެ ހާލަތާއިބެހޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ޑިރެކްޓަރު އަލީ މަސީހް ވިދާޅުވީ، 28ވަނަ ދުވަހުގެ ހެނދުނުން ފެށައިގެން އެ ސިޓީއަށް ވެހެމުންދިޔަ ވާރޭ މިއަދު ހުއްޓާފައިވީނަމަވެސް މަގުތަކުގައި އަދިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ފެންގަނޑުތައް ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ގުޅިގެން މިހާރުވެސް ކުރަމުންދާއިރު، ރަށަށް ލިބިފައިވާ އެކި ގެއްލުންތައްވެސް ކައުންސިލުން ބަލަމުންދާ ކަަމަށެވެ. 

އެގޮތުން މިހާރު އެެއް ކުރެވިފައިވާ މައުލޫމާތައް ބަލާއިރު، ފުވައްމުލަކުގެ 98 ގެޔެއްގެ ފަރުނީޗަރާއި ހިފާގެންގުޅޭތަކެތީގެ އިތުރުންވެސް އިމާރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މަސީހް ވިދާޅުވިއެވެ. އަދި އިއްޔެ ހުއްޓާނުލާ ވެހުނު ވާރޭގައި ގޭގެޔަށް ފެންވަދުން ހުއްޓުވުމަށް 172 ގެއެއްގައި ވެލި ބަސްތާޖެހިފައިވާއިރު، 40 ވަރަަކަށް ބޮޑެތި ގަސްތައް ވެއްޓިގެން ސާފުކުރުމުގެ މަސައްކަތްވެސް ކުރެވިފައިވާ ކަމަށް މަސީހް ވިދާޅުވިއެވެ.

your imageފޮޓޯ: ވިއްސާރާގައި ގިނަ އަދަދެއްގެ ބޮޑެތި ގަސްތަށްވެސް ވަނީ ވެއްޓިފަ 

މީގެ އިތުރުން ގިނަ އަދަދެއްގެ ދަނޑުބިންތަކަށްވެސް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށާއި، މިހާތަަނަށް ގެއްލުންވެފައިވާ ދަނޑުބިންތަކުގެ އަދަދު އަދި އަންދާޒާ ކުރެވިފައިނުވާ ކަމަށް މަސީހް ވިދާޅުވިއެވެ.

"އިއްޔެ އަޅުގަނޑުމެންނަށް ލިބިނު މީހެއްގެ ދަނޑެއް އެއްކޮށްހެން ހަލާކުވެފައިވާ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް އެފަރާތުން މައުލޫމާތު ދިން ގޮތުން ދަނޑުން ރޯދައަށް ރެޑީކޮށްފައިވާ 500 ކަރާގަސް ވަނީ އެއްކޮށްހެން ސުންނާފަތިވެގެން ގޮސްފަ. އަދި ކެޔޮގަސްތައްވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ދީފަވޭ. މިއީ އަދި އެންމެ މީހެއްގެ ދަނޑުގެ ވާހަކަ މިދެންނެވީ. މިކަހަލަ އެހެން ދަނޑުތައްވެސް އެބަހުރި އަޅުގަނޑަށް ލަފާކޮށްލާފަ ބުނާކަށް ނޭގޭ މިވަގުތު ކިހާ އަދަދެއް ކަމެއް" މަސީހް ވިދާޅުވިއެވެ.

މަސީހް ވިދާޅުވީ، ގެއްލުންވެފައިވަނީ ކިތަށް ދަނޑުބިންތަކަށްތޯ މިހާރު ބަލަމުންދާ ކަމަށެވެ. ދަނޑުބިންތަކުގެ އިތުރުން ގޭގޭގައި މީހުން އިންދާފައިވާ ބައެއް ގަސްތަށްވެސް ވަނީ ހަލާކުވެފައި ކަމަށް މަސީހް ވިދާޅުވިއެވެ. 

މަސީހް ވިދާޅުވީ، ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމާއި އެހެންވެސް ހާދިސާތައް ހިނގާ ބޮޑެތި ގެއްލުުންތަކެއް ފުވައްމުލަކަށް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ވިއްސާރައެއްގައި އެފަދަ ގެއްލުންތަކެއް ވެފައިނުވާކަން މަސީހް ފާހަގަކުރެއްވިއެވެ.

your imageފެންހިންދުމުގެ މަސައްކަތް ކުރަނީ

ރަށަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމެންޓް ސެންޓަރަށް ފޯމު ހުށަހެޅުމަށް ތައްޔާރީތައް ވެފައިވާ ކަމަށާއި މާލީ ގޮތުން ވެފައިވާ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ދެއްވާފައިވާކަމަށް މަސީހް ވިދާޅުވިއެވެ. 

މިހާރު އެ ސަރަހައްދުގެ މޫސުން ވަނީ އާއްމު ހާލަތަކަށް އެޅިފައެވެ. އިއްޔެ މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ކިޔެވުމާއި ބައެއް އާއްމު ހިދުމަތްތައް މެދުކަނޑާލި ނަމަވެސް މިއަދު ވަނީ އެ ހިދުމަތްތައް ދޭން ފަށާފައެވެ.  

އިއްޔެ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަކުރިއިރު، މެޓުން ބުނެފައިވަނީ އިއްޔެ ސ.ގަމަށް 166 މިލިމީޓަރުގެ ވާރޭވެހި، 55 މޭލަށް ވައި ބާރުވެފައިވާ ކަމަށެވެ.

ވިއްސާރައިގައި އިއްޔެ ދޯންޏެއް އަޑިއަށްގޮސް، ބާޖެއް ފަރަކަށް ލަށްވެ، ހިންނަވަރަށް އުދަވެސް އަރާފައިވާއިރު، އިއްޔެގެ އިރޮއޮއްސި 06:00 އާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.

your imageގޭގެޔަށް ފެންވަދެފަ

ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ވިއްސާރަކުރަމުން އަންނައިރު މިއަދުން  ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ އިއްޔެ އެންމެގިނަ އަދަދަކަށް ވާރޭވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ އައްޑޫ ގަމަށް ކަމަށެވެ. އަދި ވައި އެންމެގަދަވެފައި ވާކަމަށް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު 55 މޭލު ބާރުމިނަށް ސ. ގަމުގެ މެޓް އޮފީހުގައި ކަމަށް މެޓުން ބުނެއެވެ 

އެ ކޮޅިގަނޑު ރާއްޖެއާއި ދުރަށް (ހުޅަނގުއުތުރަށް) ޖެހެމުން އަންނަކަން ފާހަގަކޮށް މެޓުން ބުނީ މިއަދުން ފެށިގެން ރާއްޖެސަރަހައްދަށް ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިންވެސް ދަށްވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް