ads
ވެލެންސިޔާ- ގްރީން މެޗުގެ ތެރެއިން
ގްރީން އަތުން ވެލެންސިޔާއަށް ފަސޭހަ މޮޅެއް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެލެންސިޔާއާ ގްރީން ސްޓްރީޓްސް ކުޅުނު މެޗު، ވެލެންސިޔާއިން ފަސޭހަކަމާ އެކު ކާމިޔާބުކޮށްފިއެވެ. ވެލެންސިޔާއިން މި މެޗު ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ.

މެޗުގައި ވެލެންސިޔާއިން ޖެހި ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ ފަހުކޮޅު ޖަހައިދިނީ ސްޕެއިން ފޯވާޑް ބޯހަސް މާޓިންއެވެ. މެޗުގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ތެރޭގައި ޖެހީވެސް ބޯހަސްއެވެ. ވެލެންސިޔާގެ ފަހު ލަނޑު ޖެހީ ސެންޓޭއެވެ.

މި ނަތީޖާއާއެކު ވެލެންސިޔާވަނީ އަލުން ޓޭބަލްގެ ދެވަނައަށް އަރާފައެވެ. އެއީ ދިހަ މެޗުން އަށާރަ ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި އޮތީ ދަ ގްރާންޑޭއެވެ. އެއީ ދިހަ މެޗުން ސޯޅަ ޕޮއިންޓް ހޯދައިގެންނެވެ.  

ވެލެންސިޔާ – ގްރީން  މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިޔާގެ ފުރަތަމަ ދެ ލަނޑު ޖެހި ބޯހަސް މާޓިންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް