ads
ތައިމޫރު
ޕަަޕަރާޒީންގެ އުނދަގޫ ބޮޑުވެ ތައިމޫރު ރުޅި ގަދަވެއްޖެ
ސައިފް އާއި ކަރީނާގެ ދަރިފުޅު ތައިމޫރަކީ ބޮލީވުޑުގެ އެންމެ މަގުބޫލު އެއް "ސްޓާ ކިޑް" އެވެ. ތައިމޫރު ފެންނަ ކޮންމެ ތަނަކުން އޭނާއަށް ކެމެރާތައް އަމާޒުވެ އެވެ.
ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރަކީ ބޮލީވުޑުގެ އެންމެ މަގުބޫލު އެއް "ސްޓާ ކިޑް" އެވެ. ތައިމޫރު ފެންނަ ކޮންމެ ތަނަކުން އޭނާއަށް ކެމެރާތައް އަމާޒުވެ އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާއްމުވެފައިވަނީ އިއްޔެ ދިވާލީ ފާހަގަކުރުމަށް ތައިމޫރު އޭނާގެ މައިންބަފައިންނާ އެކު ބޭރަށް ނިކުމެ އުޅެނިކޮށް ޕަޕަރާޒީން ތައިމޫރަށް ގޮވަން ފެށުމުން އޭނާ ދެ ފަހަރެއްގެ މަތިން ރުޅި އައިސްފައި ހުރެ ނޫނެކޭ ބުނާ ވީޑިއޯ އެކެވެ.

އޭގެ ފަހުން ކަރީނާ، ތައިމޫރު ކައިރީ ޕަޕަރާޒީންނަށް ދިވާލީގެ ތަހުނިޔާ ފޮނުވަން ބުނާ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު ޕަޕަރާޒީންނަށް ސަމާލުކަން ދޭން ތައިމޫރުގެ މޫޑު ނެތްކަންވެސް އެނގެ އެވެ.

ދާދި ފަހުން ވެސް ތައިމޫރުގެ ވީޑިއޯއަކަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. އެގޮތުން އީޝާ ޑިއޯލް އާއި ބާރަތް ތަހްތާނީގެ ދަރިފުޅު ރަދްޔާގެ ދެވަނަ އުފަން ދުވަހުގެ ޕާޓީއަށް ތައިމޫރު ދިޔަ މަންޒަރުގެ ވީޑިއޯގައި ފެންނަނީ ކުޑަކުޑަ ތައިމޫރު ޕަޕަރާޒީންގެ ތެރެއިން ހިނގާފައި ދަމުން، އޭނާއަށް ތަން ދެއްކުމަށް "އެކްސްކިއުޒް މީ" އޭ ބުނާ މަންޒަރެވެ.

ޕަޕަރާޒީންގެ އުނދަގޫ ބޮޑުވުމުން ތައިމޫރްގެ މައިންބަފައިން އެކަމާ މެދު ކަންބޮޑުވާ ކަމަށްވެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އާދައިގެ ކުއްޖެއް ގޮތަށް ބޮޑުވުމުގެ ފުރުސަތު ތައިމޫރަށް ހޯދައި ދިނުމަށް ކަރީނާގެ ވިސްނުން ހުރީ ތައިމޫރު ބޯޑިން ސްކޫލަކަށް ފޮނުވާށެވެ. އެކަމަކު ސައިފް ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް