ads
ފޮޓޯ--މޯލްޑިވިއަން
ސިނަފޯމް ވެކްސިންގެ ދެވަނަ ބެޗް މިރޭ ރާއްޖެ ގެންނާނެ
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިނަފޯމް ވެކްސިންގެ ދެވަނަ ބެޗް މިރޭ ރާއްޖެ ގެންނާނެ އެވެ.

މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ ދެވަނަ ބެޗް ގެންނަ މޯލްޑިވިއަންގެ ފްލައިޓް ރާއްޖެ ޖައްސާނެ ކަމަށެވެ.

ޗައިނާ އިން ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ސިނަފޯމް ވެކްސިން ހަދިޔާކޮށްފަ އެވެ. އޭގެތެރެއިން ފުރަތަމަ ޑޯޒް ރާއްޖެއަށް ލިބިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގަ އެވެ.

ފުރަތަމަ ބެޗް ހަދިޔާ ކުރި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ ޗައިނާއިން ހަދިޔާކުރި އެއް ލައްކަ ޑޯޒް ޖެހުމަށް ފަހު، އަނެއް އެއް ލައްކަ ޑޯޒް ބޭނުންކުރާނީ ދެވަނަ ޑޯޒް ޖެހުމަށް ކަމަށެވެ.  

ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ތެރެއިން ފުރަތަމަ އެއްލައްކަ ޑޯޒް ވެސް ގެނެސްފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

 ރާއްޖެއިން މިހާތަނަށް ޗައިނާގެ ސިނަފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 7000 އަށް ވުރެ ގިނަ މީހުންނެވެ. އަދި އެ ވެކްސިން ޖަހާތާ 4 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހޭނޭ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް