ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
އެންމެ ފަހުން ކޮވިޑްގެ ވަކިތައް އަތޮޅު ތެރޭގައި ހިއްފާލައިފި
ކޮވިޑް-19ގެ ތިންވަނަ ރާއްޖެއަށް ބިންދާލާފައިވާއިރުގައި އަތޮޅުތެރެއިން ވަނީ ކުރީގެ ކޮވިޑް ކޭސްތަކުގެ ރިކޯޑުތައް މުގުރާލާފަ އެވެ. އެގޮތުން އިއްޔެ ކޮވިޑްގައި މާލެ ސަރަހައްދުން 65 މީހެއް ޕޮޒިޓިވްވެފައި ވާއިރުގައި އަތޮޅު ތެރެއިން ޕޮޒިޓިވްވެފައި ވަނީ 69 މީހެކެވެ.

ރާއްޖޭގައި 26 އަތޮޅު ހުންނަ އިރުގައި 185 ރަށުގައި މީހުން ދިރިއުޅެމުން ދެއެވެ. އޭގެތެރެއިން މިހާރު 15 ރަށެއް ވަނީ މޯނީޓަރިންގެ ހާލަތަށްލާ އަރާ ފޭބުން މަނާކޮށްފަ އެވެ. 

އެގޮތުން ރ.އަތޮޅުން ފަސް ރަށެއް، ދ. އަތޮޅުން ދެ ރަށެއް، ކ.އަތޮޅުން ދެ ރަށެއް، ޅ. އަތޮޅުން ހަތަރު ރަށެއްގެ އިތުރުން ގދ. އަތޮޅުންނާއި ނ. އަތޮޅުގެ އެއް ރަށެއް ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ޅ. ހިންނަވަރުގެ ކައުންސިލުން ސީއެންއެމްއަށް ވިދާޅުވެފައި ވަނީ  އެރަށުން އަދި ފެނިފައިވަނީ އެންމެ ކޭހެއް ކަމަށެވެ. އަދި އެރަށުން ނަގާފައިވާ 200 އަށްވުރެ ސާމްޕަލްގެ ނަތީޖާ ފަސްދުވަސް ވެގެން ދިޔައިރުގައިވެސް ނުލިބޭ ކަމުގެ ކަންބޮޑުވުން ކައުންސިލުން ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން އެރަށުގައި މިހާރު މޮނިޓަރިންގެ ހާލަތުގައި 48 ގެ އެބަހުރި ކަމަށާއި 700 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ޅ.ފެލިވަރުގެ ކޮވިޑް ފޯކަލް ޕޮއިންޓުން ސީއެންއެމްއަށް ވިދާޅުވީ އެރަށުން ޖުމްލަ 68 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު އެރަށުގައި މަސައްކަތް ކުރަމުންދާ 500 އަށްވުރެ ގިނަ މަސައްކަތްތެރިންގެ ސާމްޕަލް ވަނީ ނެގިފައި ކަމަށެވެ. 

އެމީހުންގެ ޓެސްޓުގެ ނަތީޖާ ލިބުނުހާ އަވަހަކަށް އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތުގެ މަތިން ފެލިވަރުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އެރަށުގެ ކޮވިޑް ފޯކަލް ޕޮއިންޓުން ބުނެއެވެ.

ޅ. އޮޅުވެލިފުށިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރުގައި އެރަށުން މިހާތަނަށް 126 ސާމްޕަލް ނެގިފައިވާ ކަމަށް އެރަށު ހެލްތު ސެންޓަރުން މައުލޫމާތު ދިނެވެ.

އަދި 21 ގެ މޮނިޓަރިންގެ ހާލަތުގައި ހުރި އިރުގައި 116 މީހުން ވަނީ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައި ކަމަށް ވެސް ހެލްތު ސެންޓަރުން ބުންޏެވެ.

އެއަތޮޅުގެ ނައިފަރުގެ ހާލަތަށް ބަލާލާއިރުގައި އެރަށުން މިއަދު އަލަށް 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން މިހާރު އެރަށުގައި ކޮވިޑްގެ އެކްޓިވް ކެސްތަކުގެ އަދަދު އުޅެނީ 43 ގަ އެވެ. އެރަށު ހޮސްޕިޓަލް މެނޭޖަރު ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުން 41 ގެއެއް ވަނީ މޮނިޓަރިންއަށް ލާފަކަމަށެވެ. އަދި 160 މީހަކު ވަނީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.

މީގެ އިތުރުން އެރަށުން 1600 ސާމްޕަލް ނެގިފައިވާއިރުގައި އަދިވެސް ކޮންޓެކްޓްރޭސިންގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށް ހޮސްޕިޓަލް މެނޭޖަލު ފާހަގަކޮށްފައިވެ އެވެ.

މިހާރު ކޮވިޑްގެ ބޮޑު ކުލަސްޓާތަކެއް އުފެދިފައިވާ ރ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އަލިފުށިން އިއްޔެ ސާމްޕަލްތައް ޓެސްޓުކުރުމަށް ފޮނުވާފައިވާއިރުގައި އެރަށުން ޕޮޒިޓިވްވި ތުއްތު ކުއްޖާގެ ހާލު ރަނގަޅުކަމަށް އެރަށުގެ ކައުންސިލުން މައުލޫމާތު ދިނެވެ.

އަދި އެރަށުން 12 ގެ މޮނިޓަރިންގެ ހާލަތުގައި އޮތް އިރުގައި 31 މީހަކު ވަނީ ޑައިރެކްޓު ކޮންޓެކްޓުން ގޮތުގައި ދެނެގަނެވިފައި ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ރ.މަޑުއްވަރީ ވެސް މޮނީޓަރިންގެ ހާލަތުގައި އޮތް އިރުގައި އެރަށުން މިހާތަނަށް  ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ހުރި މީހަކާއި އުނގޫފާރު ކުލަސްޓާއާއި ގުޅުން ހުރި މީހަކު ކަމަށް އެރަށު ހެލްތު ސެންޓަރުން މައުލޫމާތު ދިނެވެ. އަދި އެރަށުގެ 173 ގެ ކަރަންޓީނަށް ލާފައިވާއިރުގައި 214 ސާމްޕަލެއް މިހާތަނަށް ވަނީ ކޮވިޑަށް ޓެސްޓުކުރުމަށް ފޮނުވާފައި ކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.

އެ އަތޮޅުގައި އެންމެ ބޮޑު އެއްކުލަސްޓާއެއް އުފެދިފައިވާ އުނގޫފާރުން މިހާތަނަށް ކޮވިޑަށް ޕޮޒިޓޮވްވެފައި ވަނީ ހަތް މީހުން ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ. އަދި މިހާރު އެރަށުން ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 300 މީހުން ދެނެގަނެވިފައިވާ ކަމަށާއި އެރަށުގެ 52 ގެގާއި 200 އަށްވުރެ ގިނަ މީހުން ތިބީ ކަރަންޓީނުގައި ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫގައިވެސް ކޮވިޑްގެ ބޮޑު ކުލަސްޓާއެއް ވަނީ އުފެދިފައެވެ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް ސީއެންއެމްއަށް ވިދާޅުވީ އެރަށުން 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި 161 ގެ މޮނިޓަރިންގެ ހާލަތުގައި އޮތް އިރުގައި 800 އަށް ވުރެ ގިނަ މީހުން ތިބީ ކަރަންޓީނު ކުރެވިފައި ކަމަށެވެ.

އުނގޫފާރު ކުލަސްޓާއާއި ގުޅިގެން ކ.ދިއްފުށިން 47 މީހުން ޕޮޒިޓިވްވެފައި ވާއިރުގައި 200 އަށް ވުރެ ގިނަ މީހުން ޑައިރެކްޓު ކޮންޓެކްޓުން ގޮތުގައި ވަނީ ދެނެގަނެވިފައި ކަމަށް ވެސް ހެލްތު ސެންޓަރުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ ސްކޫލު ދަރިވަރުން ކަމަށާއި މިހާރު އެރަށުގެ ސްކޫލުގެ ކިޔެވުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައި ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ.

މީގެ އިތުރުން ކ.ހުރާއިން 90 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން 180 އަށް ވުރެ ގިނަ ސާމްޕަލް ނެގިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އަދި އެރަށުގައި 218 ގެ ހުންނަ އިރުގައި އޭގެތެރެއިން 100 އަށްވުރެ ގިނަ ގެ ހުރީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް އީސާ  ވަނީ ވިދާޅުވި އެވެ. 

މާލޭ ސަރަހައްދުން ކޮވިޑްގެ ކޭސްތައް އިތުރުވެގެންދިޔަ ދުވަސް ފަހަނައަޅާގޮސް އަތޮޅު ތެރޭގައި މިހާރު މި ވަނީ ބޮޑެތި ކުލަސްޓާތައް ފެތުރެން ފަށައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް