ads
ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ހެދިފައިވާ ގަސްތައް----ފޮޓޯ:ސޯޝަލް މީޑިއާ
ޖަޕާނެއް ނޫން، މިއީ ހަމަ ރާއްޖެ!
"ހެޔޮ ނުވާނެ މި ގަސް ހިމާޔަތް ކުރާނެ ބަޔަކު ނެތްތަ؟" ފޮޓޯގައިއެވާ މަޑު ފިޔާތޮށި ކުލަ، އަދި ހުދުކުލައިން މާ އަޅާ ބަރާވެފައިވާ ރީތި ގަހުގެ ފޮޓޯ ހިއްސާކޮށް އާއްމުންގެ މީހަކު ސޯޝަލް މީޑިއާގައި ސުވާލުކޮށްފައިވެއެވެ.

އޭނަ ވަނީ އެ ގަސްތައް މާލެއާއި، ހުޅުމާލެ ގުޅޭ ހައިވޭގައި ހައްދައިފިނަމަ ފެންނާނެ ހިތްގައިމު މަންޒަރު ތަސައްވަރުކޮށްލަން ކޮންމެ މީހެއްގެ ގާތުގައިވެސް އެދިފައެވެ. އަދި މިފަދަ ރީތި ގަސްތައް އަޅާލާ ހިމާޔަތް ކުރުމަށް އޭނަ ވަނީ ސަރުކާރަށް ގޮވާލާފައެވެ. 


މިއީ ހަމައެކަނި އޭނަގެ ހިޔާލެކެވެ. އަދި އެދުމެވެ. އެހެންނަމަވެސް އެބުނާގޮތަށް އެ ގަސްތައް މާލެއާއި، ހުޅުމާލެ ގުޅޭ ހައިވޭގައި ހައްދާލެވިއްޖެނަމަ ފެންނާނެ ހިތްގައިމު މަންޒަރު ސިފަކޮށްލަން އެދުނު އެދުމަށް ހަމަ ރަނގަޅަށްވެސް އެކަމާއިމެދު ވިސްނާލެވުނެވެ. އެއީ ހާދަ ހިތްގައިމު މަންޒަަކަށް ވާނެއޭ ހިތަށް އެރިއެވެ. 

މި ޕޯސްޓް ވައިރަލްވެގެންދިޔަ ބާރުމިނުގައި އެ ގަސް ހަމަލޮލުން ދެކިލަންދިޔަ އެތައް ބަޔަކު އެބަތިއްބެވެ. އަހަރެމެންގެ ތެރެއިން އެތައް ބަޔަކު މި ގަސްހުރި ސަރަހައްދު ޝަހީދު ހުސެއިން އާދަމް ބިލްޑިން މަގުން ހުރަސް ކަނޑާފައިވާނެއޭ އަޅުގަނޑު ހިތަށްއެރިއެވެ. އެހެންނަމަވެސް ހުދު އަޅުގަނޑުގެ ލޮލުގައިވެސް މިގަސް އަޅައިގަތީ މިބުނި ޕޯސްޓުންނެވެ. ފުރަަތަމަވެސް ހިތަށްއެރީ “މިއީ ރާއްޖެ ބާއޭ؟” އެވެ. މިވަރުގެ ރީތިގަހެއް އަދި މިފަދަ މަންޒަރެއް ރާއްޖޭގެ ސަރަހައްދެއްގައިހުރެ ލޮލުގައި އަޅައި ނުގަނެ މިހާ ދުވަސްވީއިރު މިހުރީ ކީއްވެތޯ؟”ސުވާލު ކޮށްލެވުނެވެ. ހިތަށް ތަސައްލީއެއް ގެނެއުމަށް ހުދު އަޅުގަނޑުވެސް އެ ސަރަހައްދަށް ގޮސް ލޮލުން އެމަންޒަރު ބަލާނުލާ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. 

your imageމިގަހުގެ ފޮޓޯ ނެގުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު ދަނީ ޖަމާވަމުން——ފޮޓޯ: ސީއެންއެމް 

އެ ސަރަހައްދަށް ގޮސް މަޑުކޮށްލިއިރު ގަހުގައި އަޅާ ބަރާވެފައިވާ މާތަކާއި އެއްވަރަށް ގަސްދޮށުގައި މީހުންވެސް ތިއްބެވެ. އެކިގޮތްގޮތަށް ފޮޓޯނެގުމުގަޔާއި ސެލްފީ ނެގުމުގައެވެ. އެމަގުން ސައިކަލްގައި ދާ ފާރާތްތަކުގެ ތެރެއިންވެސް ބައެއް ފަރާތްތައް ހުއްޓިލާފައި ގަހުގެ ފޮޓޯއެއް ނަގާލާފައި ނޫނީ ނުދެއެެވެ. ކޮންމެއަކަސް ގަސް މިއޮތީ ވަރަށް ބޮޑަށް މަގުބޫލްވެފައެވެ. 

your imageފޮޓޯ:ސީއެންއެމް

މިއީ އާއްމުކޮށް ޖަޕާނުގެ މަގުތަކުން ފެންނަ ކަހަލަ ހިތްގައިމް މަންޒަރެެކެވެ. އެކަމަކު މާލެއަށް “ޗެރީ ބްލޮސަމް” އައީ ކަމަށް ބުނެ ގިނަ ބަޔަކު އެގޮތަށް މަންޒަރު ސިފަކުރަން ފެށި އެވެ. އެ މޫސުމުގައި މާތައް ހެދިފައި އޮންނަ ގޮތާ މަންޒަރު ކިތަންމެ ވައްތަރަސް މިއީ ހަމަ ހީވާ ހީވުމެކެވެ. 

އެކި ސަރަހައްދުތަކުގައި މިގަހަށް ކިޔާ ނަން ތަފާތެވެ. އަދި މިޔަށް ދިވެހި ނަމެއް ނެތުމުން ގަހުގެ ނަމާއިމެދު އުފެދޭ ސުވާލަށް ޖަވާބެއް ލިބޭގޮތެއް ނުވިއެވެ.

 

your imageގަސް ދޮށަށް ވެރިފައިވާ މާތަކުން އެ ސަރަހައްދުގައި ވަނީ މަލުގެ ދޫލައެއް އެޅިފަ: ފޮޓޯ: ސީއެންއެމް

އެ ސަރަހައްދުގައި މީގެ ތިން ގަސް ހުރިއިރު، އެއް ގަސް ހުރީ އެއްކޮށްހެން ހިކަފައެވެ. ނަމަވެސް އާ ކުރިތައް ޖަހަން ވަނީ ފަށާފައެވެ. އަދި ކޮންމެވެސް ވަރަކަށް މާ ހުރިކަންވެސް ފާހަގަކުރެވުނެއެވެ. ދެން ހުރި ދެގަހުގައި މާ އަޅާ ޖަރީވެފައިވާއިރު، ގަހުގެ ކުރި ކުޑަކޮށް ހިކިފައި ހުރި ނަމަވެސް އޭގައިވެސް ހުރީ އާ ކުރިތައް ޖަހަން ފަށާފައެވެ. ދެން ހަނދާނަށް އައީ އެންމެ ފުރަތަމަ މި ގަހުގެ ފޮޓޯ އާއްމުކުރި ފަރާތް ގަސް ހިމާޔަތްކުރާނެ މީހަކު ނެތީތޯ ކުރި ސުވާލެވެ. ތެދެކެވެ. މި ގަހަށް މިއަށްވުރެ ބޮޑު ސަމާލުކަމެއް ދީ ރައްކާތެރި ކުރެއްވިއްޖެނަމަ މީގެ ގަސްތައް އިތުރު ސަރަހައްދުތަކުންވެސް ފެނިލުން އެއީ ހިތްފަސޭހަ މަންޒަރަކަށް ވާނެއެވެ. 

your imageއެ ސަރަހައްދުގައި ހިކިފައި ހުރި މިގަހުގައި ވަނީ އާ ކުރި ލާން ފަށާފަ——ފޮޓޯ:ސީއެންއެމް

އެހެންނަމަވެސް މި ގަހަކީ އާއްމުކޮށްވެސް މޫސުމާއިއެކީ ބަދަލުވަމުން އަންނަ ގަހެކެވެ. ގަހުގައި މާތަށް އަޅާ މޫސުމަކާއި މާތައް ވެރި ގަސް ހިކޭ މޫސުން މި ގަހަށް އަންނާނެއެވެ. އެހެންނަމަވެސް އަލުން ގަހުގައި ހަމަ ވަކި މޫސުމަކަށް އާ ކުރިތައް ފަޅަން ފަށާނެއެވެ. އެ ސަރަހައްދުގައި މިހާރު ހިކިފައިވާ ގަހުގައިވެސް ވަނީ އާ ކުރި ޖަހަން ފަށާފައެވެ. 

your imageގަހުގައި މާ އަޅާވަނީ ބަރާވެފަ——ފޮޓޯ:ސީއެންއެމް

ކޮންމެއަކަސް މިފަދަ ގަސްތައް މާލޭ ސަރަހައްދުގެ ބޮޑެތި މަގުތަކުން ފެނުމަކީ ހިތްގައިމު ކަމަކަށް ވާނެއެވެ. އެހެންކަމުން މިފަދަ މަދުން ރާއްޖޭގައި ހެދޭ ތަފާތު ގަސްތައް ހިމާޔަތް ކުރުން ވަރަށް މުހިންމެވެ.    

95%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް