ads
ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ހެލްތު މިނިސްޓްރީ
ތ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށައިފި
ތ.ވޭމަންޑޫ ގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށައިފި އެވެ.
ތ.ވޭމަންޑޫ ގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށައިފި އެވެ.

ރޭ ރަސްމީކޮށް އެހިދުމަތް ފައްޓާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދުއެވެ. ހެލްތު މިނިސްޓްރީން ބުނީ އެހިދުމަތް ހޯދާނެކަމަށް ލަފާކުރެވޭ ކެޗްމަންޓް ޕޮޕިއުލޭޝަނަކީ 16621 މީހުން ކަމަށެވެ. އެއީ ތ. އަތޮޅުގެ ޖުމްލަ އާބާދީ އެވެ.

ދަތުގެ ފަރުވާ ހޯދުމައްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅުގެ އެކިރަށްށުން ގިނަ އަދަދެއްގެ ބަލިމީހުން މާލެ އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ރިފާރެކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗައް 100 ވުރެ ގިނަ މީހުން އެ ހޮސްޕިޓަލްއިން ހިދުމަތް ހޯދާއިރު މިވަގުތު ފަސް ސްޕެސަލިސްޓް ޑޮކްޓަރު ދެ މެޑިކަލް އޮފިސަރު، 11 ނަރުހުން، ޓެކްނިކަލް ނުވަ މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކޮއްފައިވާ ސެޓަޕްއެކެވެ. ހެލްތު މިނިސްޓްރީން ބުނީ އެފަދަ ޑެންޓަލް ސެޓަފްއެއް ގާއިމްކުރުމައްޓަކައި މިލިއަނެއްހައި ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ޑެންޓަލްގެ ހިދުމަތް ތައާރަފްވުމާއި ގުޅިގެން މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 650000 ރުފިޔާ ހަރަދު ދާނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް