ads
ޗައިނާއިން ހަދިޔާކުރި ސިނަފޯމް ވެކްސިންގެ ދެވަނަ ޗިމްޕެންޓް ރާއްޖެ ގެނައުން
ސިނަފޯމް ވެކްސިންގެ ދެވަނަ ޝިޕްމެންޓް ރާއްޖެ ގެނެސްފި
ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސިނަފޯމް ވެކްސިންގެ ދެވަނަ ޝިޕްމެންޓް ރާއްޖެއަށް ގެނެސްފި އެވެ.

މިނިސްޓަރު ޝާހިދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނަފޯމް ވެކްސިންގެ ބާކީ އެއްލައްކަ ޑޯޒް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެއާއިއެކު އިތުރު ސިއްހީ ފަރުވާދޭ އާލާތްތައްވެސް ގެނެސްފައިވާ ކަމަށެވެ. 

މީގެއިތުރުން މިނިސްޓަރު ޝާހިދު ވަނީ، ޗައިނާ ސަރުކާރަށާއި، ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އަށާއި، ޗައިނާގެ ރައްޔިތުންނަށް ޝިކުރުއަދާކުރައްވާފަ އެވެ. 

ޗައިނާ އިން ވަނީ ރާއްޖެއަށް ދެ ލައްކަ ޑޯޒްގެ ސިނަފޯމް ވެކްސިން ހަދިޔާކޮށްފަ އެވެ. އޭގެތެރެއިން ފުރަތަމަ ބެޗް ރާއްޖެއަށް ލިބިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގަ އެވެ. ފުރަތަމަ ބެޗްވެސް ރާއްޖެއަށް ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާ ކޮށްގެންނެވެ. 

ޗައިނާއިން ހަދިޔާކުރި ސިނަފޯމް ވެކްސިންގެ ދެލައްކަ ޑޯޒްގެ ތެރެއިން ފުރަތަމަ ބެޗްގެ އެއްލައްކަ ޑޯޒް ޖެހުމަށްފަހު ދެވަނަ ބެޗްގެ އެއްލައްކަ ޑޯޒް ބޭނުންކުރާނީ ދެވަނަ ޑޯޒް ޖަހަން ކަމަށް މިނިސްޓަރު ޝާހިދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

މިހާތަނަށް ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ވަނީ ސިނަފޯމްގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި އެ ވެކްސިން ޖަހާތާ 4 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހޭނޭ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް