ads
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފުލާއެއްގެ ތެރެއިން--
ހިންދީ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތެއް
އިންޑިއާ ސެންޓްރަލް އިންސްޓިޓިއުޓް އޮފް ހިންދީގެ ކެންދްރިޔާ ހިންދީ ސަންސްތާން ސްކޮލާޝިޕް ޕްރޮގްރާމްގައި ދިވެހި ދަރިވަރުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ހިންދީ ކިޔަވަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސްކޮލާޝިޕަކަށް ވީއިރު ، މި ސްކޮލާޝިޕްގެ ދަށުން ސެޓުފިކެޓް އިން ހިންދީ ލެންގުއޭޖު، ޕްރޮފިސިއެންސީ ޑިޕްލޮމާ އިން ހިންދީ ލެންގުއޭޖު، ޕްރޮފިސިއެންސީ އެޑްވާންސް ޑިޕްލޮމާ އިން ހިންދީ ލެންގުއޭޖު އަދި ޕްރޮފިސިއެންސީ ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ އިން ހިންދީ ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

އަދި މި ކޯސްތަކުގެ ޝަރުތުގެ އިތުރުން ކޯހަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާ ނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިއުލާނުގެ ސުންގަޑިއަށް، މަދުވެގެން ދެ އަހަރު ޚިދުމަތް ކޮށްފައިވުމާއި، މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާ ނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމުގެ އިތުރުން، އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަ ނުވުމާއި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން ހިމެނެ އެވެ. 

މި ސްކޮލާޝިޕްގެ ދަށުން ދެކޮޅު ޓިކެޓް، ޓިއުޝަން ފީ، ބުކް އެލަވަންސް، އެކޮމެންޑޭޝަން ކޯސް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައި ދޭނެވެ. އަދި އެހެނިހެން ހުރިހާ ހަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

މި ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ 06 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:30 އާއި ހަމައަށެވެ. ސްކޮލާޝިޕަށް އެދި ފޯމު ހުށަހަޅަން ވާނީ މައި އެޑިއުކޭޝަން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ އިއުލާނުގައި ވެއެވެ. 

މި ސްކޮލާޝިޕް އާއި ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް