ads
ޑރ. އަފްރާޝީމް އަދި ޑރ. މަޖީދު--
އަފްރާޝީމާއި މަޖީދާއެކު ފަސް ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު!
އަލް މަރްހޫމު ޑރ. އަފްރާޝީމް އަލީ އާއި އަލް މަރްހޫމު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއެކު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 21 ފަރާތަކަށް މިރޭ ދެއްވައިފި އެވެ.
އަލް މަރްހޫމު ޑރ. އަފްރާޝީމް އަލީ އާއި އަލް މަރްހޫމު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއެކު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 21 ފަރާތަކަށް މިރޭ ދެއްވައިފި އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވާފައި ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ މި ދުނިޔެއާ ވަކިވެވަޑައިގެންފައިވާ ބޭފުޅުންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި ފަސް ބޭފުޅުންނަކީ:

1. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހަނދާނަށް

2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ވަޙީދު މ. މަޑުލު

4. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް ސައްޔިދު ޢަލީ މއ. މާފަތްވަރު

5. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމުގެ ރޮނގުން:
އަލްމަރްޙޫމް ސައްޔިދު ޙަސަންގެ ހަނދާނަށް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް