ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ބްރޯޑްކޮމްއަށް ކުރިމަތިލި 3 ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން، މަޖިލީހަށް ފޮނުވައިފި އެވެ.

ތިން ނަމެއް މަޖިލީހަށް ރައީސް ފޮނުއްވިއިރު ބްރޯޑްކޮމްގެ މެމްބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމާވާތީ އެވެ. 

ބްރޯޑްކޮމްގެ މެމްބަރު ކަަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް، މަޖިލީހަށް ފޮނުއްވި ތިން ނަމަކީ ފާތިމަތު ސައުޝަންއާއި، ޝިފްލާ އިބްރާހިމްގެ އިތުރުން ޑރ. މުހައްމަދު އިބްރާހިމް އެވެ. 

އެ ނަންތައް ދިރާސާ ކުރެއްވުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް މިހާރު ބަނީ ފޮނުވާފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވިއިރު އެ ލިސްޓު މަޖިލީހަށް ފޮނުވާނީ ރައީސް އިސްކަންދެއްވާ ތަރުތީބުންނެވެ. 

އޭގެ ފަހުން އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ، މަޖިލީހަށް ފޮނުވި އެ ނަންތައް މަޖިލީހުން ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. 

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްއަށް އެންމެ ފަހުން އައްޔަން ކުރެއްވީ އަހުމަދު ފަޒީން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް