ads
ރ.ހުޅުދުއްފާރު--
މޮނިޓަރިންގައި އޮތް ދިހަ ރަށަކަށް ކެއާ ޕެކޭޖް ފޮނުވަނީ
މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން ދިހަ ރަށެއްގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑާއި ގުޅިގެން ރ. ހުޅުދުއްފާރު، ރ. އުނގޫފާރު، ރ. އަލިފުށި، ރ. މަޑުއްވަރި، ޅ. ނައިފަރު، ޅ. ހިންނަވަރު، ކ. ދިއްފުށި، ކ. ހުރާ، ދ. މީދޫ އަދި ގދ. ތިނަދޫ އޮތީ މޮނިޓަރިންގަ އެވެ.

އެގޮތުން އެ ރަށްތަކުގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ރަށްރަށުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއާ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. 

އެ މަސައްކަތަކީ އެކި ރަށްތަށުގައި އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހީގެ ގޮތުގައި ފޯރިކޮށްދީފައިވާ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ސެނިޓައިޒާ، މާސްކް އަދި އަންގި ފަދަ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުުނެ އެވެ.

އޭގެ ކުރިން 11 ރަށަކާއި ސިޓީތަކަށް 600 އަށްވުރެ ގިނަ ކެއާ ޕެކޭޖް އަދި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެއީ ހއ. ބާރަށް، ކުޅުދުއްފުށި ސިޓީ، ނ. ޅޮހި، ދ. ކުޑަހުވަދޫ، މ. ކޮޅުފުށި، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގދ. ހޯޑެއްދޫ، ގދ. މަޑަވެލި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް