ads
ގައުމީ އިނާމު ހާސިލްކުރި ބޭފުޅާއެކު ރައީސް ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ހިތްވަރު ދިނުމުގެ ގައުމީ އިނާމު 21 ބޭފުޅަކަށް
ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ފަރާތަކަށް މިރޭ ދެއްވައިފިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ފަރާތަކަށް މިރޭ ދެއްވައިފި އެވެ.

އެއިނާމުތައް ދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވީ 21 ބޭފުޅަކަށެވެ.

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން، ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ރޮނގުން:
އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީ މ. މުއިރި

2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
ޑޮކްޓަރ ޢަބްދުﷲ ޖަމީލް ގ. ސްޓާރލިންގ އާގެ

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް މުހައްމަދު ޝިފާން ހ. ތަރަބޫޒުގެ

4. ތަޢުލީމީ ދާއިރާއިން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:
އަލްފާޟިލާ މަރްޔަމް ޝަޠުރަތު ޝާކިރު ދުންތަރި ގދ. ތިނަދޫ

5. ޞިއްޙީ ދާއިރާއިން، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު އަފްޢާލް ގ. ޖަވާހިރުމާގެއާގެ

6. އިޖުތިމާޢީ ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން، ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ ރަޙްމާ ޢީސާ ހ. ފިލްމީސައިޓް

7. މަސްވެރިކަމުގެ ދާއިރާއިން، މަސްވެރިކަން ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުﷲ ޝަފީޤު ނިޝާން ހއ. ދިއްދޫ

8. ފަތުރުވެރިކަމުގެ ދާއިރާއިން، ދިވެހިން ބިނާކުރުމަށާއި، ޝައުޤުވެރިކުރުވުމަށާއި، އަހުލުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ ޒީނާޒް ޙުސައިން އާސީނުގެ ސ. ހިތަދޫ

9. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން:
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް

10. މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތުގެ މަސައްކަތް ކުރުމާއި، ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ އަނީސާ މުޙައްމަދު ބީޗްހެވަން ގދ. ގައްދޫ

11. މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކިބާވަތުގެ މަސައްކަތް ކުރުމާއި، ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް އިބްރާހީމް ޞާލިޙް ފަސްތަރި ބ. ތުޅާދޫ

12. ޑައިވިންގގެ ދާއިރާއިން:
އަލްފާޟިލާ ޝާޒިޔާ ސަޢީދު މ. ސްނޯފްލެކްސް

13. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން:
އަލްފާޟިލާ ޢާއިޝަތު (ޝަރީފާ) މ. ސަބުދެލިގެ

14. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު ޝާކިރު ޢަބްދުﷲ ވ. ފައުނު

15. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލް ޙުސައިން ފަރިޔާދު ގ. ސިނަމާލެ 2 02-11

16. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢިމްރާން މުޙައްމަދު އަސުރުމާގެ އދ. މަހިބަދޫ

17. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް އިސްމާޢީލް މަޙްފޫޡް މ. ވިނަލި

18. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް އިބްރާހީމް ޝިޢުރީ ގ. ގޯލްޑަންހައުސް

19. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމުގެ ރޮނގުން:
އަލްފާޟިލާ ފަދުވާ ޒާހިރު ގ. ގޯލްޑަން ސްޓާރ

20. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަ ކިޔުމާއި، މިޔުޒިކް ކުޅުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ ހ. ނިއުހެޕިނަސް

21. އެޕްލައިޑް އާޓްސްގެ ދާއިރާއިން، ޑިޒައިން ކުރުމާއި ފެހުމުގެ ރޮނގުން
އަލްފާޟިލާ ޢާއިޝަތު ޝަމްލާ ހ. ފެއަރީޕެލަސް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް