ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އަންނަ މަހު ފްލެޓްތައް ހަވާލުކުރެވޭ ވަރުވާނެ: މަބްރޫކް
ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

މަބްރޫކް ވިދާޅުވީ، މިމަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރިކަމަށާއި، ނަމަވެސް ފްލެޓް ކޮމިޓީގެ ފަރާތުން އިތުރަށް ބެލުމަށް ބުނެފައިވާ ކަންކަން އެއްކޮށް ބަލާ ނިމިފައި ނުވާތީ ކަމަށެވެ. އެގޮތުން ލިސްޓުގެ ބޮޑު ބައެއް މިހާރު ފައިނަލައިޒް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އިތުރަށް އޮޅުން އަރާފަދަ ބައެއް ކަންކަމާއި ގުޅިގެން އެހެން މުވައްސަސާތަކުން ލިބެންޖެހޭ ބައެއް ލިއުންތައް ހޯދައި ވެރިފައިކުރުންފަދަ ބައެއް މަސައްކަތްތައް އަދި ނުނިމި ހުރިކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. 

މަބްރޫކް ވިދާޅުވީ، ކުރިއަށް އޮތް މަހުގެ ތެރޭގައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށާއި، އެކި މީހުންނަށް ލިބެންޖެހޭ އެޕާޓްމަންޓްތައް ގުރުއަތުލުމުގެ މަސައްކަތް ކުރަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް އެޗްޑީސީން ވަމުން އަންނަ ކަމަށެވެ. 

މީގެއިތުރުން މަބްރޫކް ވިދާޅުވީ، ޑައުންޕޭމަންޓައް ދައްކަންޖެހޭ އަދަދެއް އަދި ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށާއި، މިހަފްތާގެ ތެރޭގައިވެސް ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރެވުނު ކަމަށެވެ. ނަމަވެސް އަދި ސީދާ އަގެއް ހާމަކުރެވޭވަރު ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. 

53%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް