ads
އިނގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން އަހުމަދު
ބިމެއް އޮންނަ މީހަކަށް ފްލެޓަށް ކުރިމަތިލެވިގެން ނުވާނެ: ހަސަން އަހުމަދު
ރާއްޖޭގެ އެއްވެސް ތަނެއްގައި ބިމެއް އޮންނަ މީހަކަށް ފްލެޓަށް ކުރިމަތިލެވިގެން ނުވާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ ގާނޫނުގައި އެކަން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން އަހުމަދު ވިދާޅުވީ، ރާއްޖޭގެ އެއްވެސް ތަނެއްގައި ބިމެއް އޮންނަ މީހަކަށް ފްލެޓަށް ކުރިމަތިލެވިގެން ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި ޖެހޭނީ ސަރުކާރުން އެމީހަކަށް ހަތަރެއް ނުވަތަ ފަސް ޕަސެންޓުގެ ލޯނެއް ދީގެން އެ ރަށެއްގައި އެމީހަކަށް ބިންވެރިކޮށް ދިރިއުޅެވޭނެ ނިޒާމެއް ހޯދައިދޭން ކަމަށެވެ. 

ހުސައިން ވިދާޅުވީ، ރަނގަޅު ތައުލީމާއި ސިއްހީ ނިޒާމު އޮތީ މާލޭގައި ކަމަށާއި، އެކަން ބޭނުންނަމަ އަންނަން ޖެހޭނީ މާލެއަށްކަން ގަބޫލުކުރާކަމަށެވެ. ނަމަވެސް އެކަން ބަދަލުކުރަން، ނުވަތަ ލާމަރުކަޒު ކުރަން މިސަރުކާރުން ކުރާ މަސައްކަތްވެއް ފާހަގަކުރަންޖެހޭ ކަމަށެވެ. އެގޮތުން، ރަށެއްގައި ރަނގަޅު ސިއްހީ ނިޒާމަކާއި ތައުލީމު އޮވެއްޖެކަމަށްވާނަމަ އެއްވެސް މީހަކު ދަތި ހާލުގައި "ގަނޑަތެޅެން" މާލެ ނާންނާނެ ކަމަށް ހުސައިން ވިދާޅުވިއެވެ. 

މިކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ، ކުރީގައި ތައުލީމު ހާސިލްކުރަން މާލެއަށް އަތޮޅުތެރޭގެ ރައްޔިތުން އަންނަ ކަމަށާއި، ނަމަވެސް މިއަދު މިއީ އެދުވަސް ނޫން ކަމަށެވެ. އެގޮތުން މިހާރު ކޮންމެ ރައްޔިތެއްވެސް ބޭނުންވަނީ އިންސާފުވެރިކަމާއި އެކު މިނިވަންކަމާއިއެކު ދިރިއުޅެން ކަމަށާއި، އެ ފަލްސަފާ މި ތައާރަފް ކުރަނީ އެމްޑީޕީން ކަމަށް ހުސައިން ވިދާޅުވިއެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް