ads
ނަޝީދު
ރިޕޯޓުގައި އޮތީ ފަންނީ މީހުންގެ އަތުން ފްލެޓް އަތުލާކަށް ނޫން: ރައީސް ނަޝީދު
ރިޕޯޓުގައި އޮތީ ޑޮކްޓަރުންނާއި ނަރުހުންފަދަ ފަންނީ ފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލާން ނޫންކަމަށް ރައްޔިތުންގެ މަޖިލީޖުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އާންމު ކުރައްވަމުންނެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރިޕޯޓުގައި އޮތީ ފަންނީ ފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލުމަށް ނޫން ކަމަށާއި، ރިޕޯޓުގައި އޮތީ ފަންނީ ފަރާތްތަކުން އެދޭނަމަ އެމީހުންގެ އާމްދަނީއާއި ބައްދަލުވާ ގެދޮރުވެރިކަމުގެ ޕްރޮގްރާމް އަކަށް ހިޖުރަ ކުރެވޭނެ ފުރުސަތު އެފަރާތްތަކަށް ދިނުމަށް ކަމަށެވެ. 

ރައީސް ނަޝީދު އެ އިޝާރާތް ކުރައްވަނީ ކޮމިޓީން ނެރުނު ރިޕޯޓުގައިވާ ކޮމިޓީގެ ހުށަހެޅުންތަކުގެ އެއްވަނަ ނަމްބަރަށެވެ. އެގޮތުން ރިޕޯޓުގައި ވަނީ، ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވީހިނދު، އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން މުހިންމުކަމަށް ކޮމިޓީއަށް ފެންނާނީ، ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ޝަރުތުހަމަވެ، ފްލެޓް ލިބޭނެކަމަށް މިހާރު ކަނޑައެޅިފައިވާ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރުމަށްފަހު، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތު އެންމެ އެކަށޭނަ ގިންތިއަކުން އެފަރާތްތަކަށް ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް