ads
ސްޓެލްކޯ ގްރީން ލައިފް ޕްރޮޖެކްޓް
ސްޓެލްކޯއިން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި
ސްޓެލްކޯ އިން ތައާރަފް ކޮށްފައިވާ ގްރީން ލައިފް ޕްރޮޖެކްޓްގެ ދަށުން ޕްލާސްޓިކް ފުޅިއާއި ކޮތަޅު ބޭނުން ކުރުން މިއަދު ހުއްޓާލައިފިއެވެ.

އެެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލުމުގެ އިތުރުން ޕޭޕާލެސް ޓްރާންސެކްޝަން ވެސް މިއަދު ސްޓެލްކޯ އިން ވަނީ އިފްތިތާހު ކޮށްފައެވެ.

އެގޮތުން މިއަދު އެކުންފުނީގެ ހާހެއްހާ މުވައްޒަފުންނަށް ވާނީ ރީޔޫސެބަލް ފެންފުޅި ހަވާލު ކުރެވިފައި ކަމަށާއި، ކުންފުނީގެ ހެޑްއޮފީހުގެ ވަކިވަކި ޑިޕާޓްމެންޓް ތަކުގައްޔާއި، ހުރިހާ ފްލޯ ތަކެއްގައިވެސް މިހާރު ވާނީ ބޯފެން ފުޅިއަށް އަޅައިގެން ބޮވޭނެ އިންތިޒާމު ހަމަ ޖައްސާފައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުގުނީ ވިދާޅުވިއެވެ. 

މިއީ އެކުންފުނީގެ މުވައްޒަފުން މިޕްރޮގްރާމުގައި ބައިވެރި ކުރުވުމުގެ ގޮތުން ކޮށްފައިވާ މަސައްކަތެއް ކަމަށް މުގުނީ ވަނީ ވިދާޅުވެފައެވެ. 

އަދި އެކުންފުނިން ހިދުމަތް ހޯދާ ފަރާތް ތަކުންވެސް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން އެފަރާތްތަކަށް ކުންފުނީގެ ފަރާތުން ދޭނީ ރީޔޫސެބަލް ބޭގް ކަމަށާއި އަދި ސިންގަލް ޔޫސް ޕްލާސްޓިކް ހިފައިގެން ކަސްޓަމަރުންނަށް އިމާރާތުގެ ތެރެއަށް ނުވަދެވޭނެ ކަމަށާއި، އެތަކެތި ބޭރުގައިި ބެހެއްޓޭނެ އިންތިޒާމު މިހާރު ވާނީ ހަމަ ޖައްސާފައި ކަމަށް މުގުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ޕޭޕާލެސް ޓްރާންސެކްޝަން ތައާރަފް ކުރުމާއި ގުޅިގެން އެކުންފުނީގެ ހިދުމަތްތައް އަވަސްވެގެން ދާނެ ކަމަށާއި، މިހާރު ކުންފުނިން ބޭނުން ކުރާ އިންސައްތައިގެ 52 އިންސައްތަ މި އަހަރު ނިމެން ވާއިރަށް ދަށް ކުރެވޭނެ ކަމަށް ވެސް މުގުނީ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް