ads
ވެލާނާގެ-- ފޮޓޯ: މުހައްމަދު ޝަރްހާން
ދައުލަތުގެ މުވައްޒަފުންނަށް 8 ވަނަ ދުވަހު ރޯދަ އެލަވަންސް ދޭނެ
ދައުލަތުގެ މުވައްޒަފުންނަށް މި ހިގާ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ރޯދަ އެލަވަން ދޭނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ފިނޭސް މިނިސްޓްރީން މިއަދު އާންމުކުރި ސާކިއުލާއްގައެވެ. 

އެ ސާކިއުލާގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭ ކަމަށެވެ.

އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭ އިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް އެ ސާކިއުލާގައި ވަނީ އެދިފައެވެ. އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާ ކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދޭން ވާނެ ކަމަށާއި އެގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ އަދަދު ބަލާނީ 30 އިން ގެއްލައިގެން ކަމަށް ވެސް ސާކިއުލާގައިވެއެވެ.

"އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި، އެ ފައިސާ އަނބުރާ ޖަމާކުރަން ވާނެ،"

ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް" ސްކޮލާޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދިނުމަށް ވެސް ފިނޭސް އިން ވަނީ އަންގާފައެވެ.

ނަމަވެސް އެ ފަދަ ޗުއްޓީއެއްގައި އެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް