ads
ސަލްމާން ހާން---
ސަލްމާން ކޮވިޑް ވެކްސިން ޖަހައިފި
ބޮލީވުޑްގެ މަޝްހޫރު ހީރޯ ސަލްމާން ހާން އަށް މިހާރު ވަނީ 55 އަހަރު ފުރިފަ އެވެ. އޭނާ ވަނީ ފިލްމީ ކެރިއާގައި އެތަށް އުސްއަލިތަކެއް ކާމިޔާބު ކޮށްފައެވެ.

ކޮވިޑްގައި އިންޑިއާ އަކީ ވަރަށް ބޮޑުވަރުވި ގައުމެކެވެ. އެ ގައުމުން 163 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި މަރުވެފަ އެވެ.

އެގައުމުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން މިއަހަރުގެ ޖެނުވަރީ މަހުގައި ފަށާފައިވާއިރު މިހާރު ދެވަނަ ޑޯޒް ވެސް ބައެއް ފަރާތްތަކަށް ވަނީ ދޭން ފަށާފަ އެވެ.

މިއާއިއެކު ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ވަނީ ވެކްސިން ޖަހަން ފަށާފަ އެވެ. އޭގެ ތެރޭގައި ސަލްމާން ފާހަގަކޮށްލެވެ އެވެ. އޭނާ ވަނީ މާޗް މަހުގެ 23 ވަނަ ދުވަހުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

އެކަން ޓުވިޓާ މެދުވެރިކޮށް ސަލްމާން ވަނީ ފޭނުންނަށް އަންގާފަ އެވެ. އަދި ވެކްސިން ޖެހޭ ކެޓަގަރީގައި ތިބި ފަރާތްތައް ލަސް ނުކޮށް ވެކްސިން ޖެހުމަށް ވެސް ސަލްމާން ވަނީ އެދިފައެވެ.

ސަލްމާންގެ އިތުރުން އަނޫޕަމް ކޭރް އަދި ޕަރޭޝް ރާވަލް ވެސް ވަނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް