ads
އީރާނުން ދިން ހަމަލާތަކާއެކު ތެލުގެ އަގުތައް އުފުލެން ފަށައިފި
އިރާގުގައި ހުރި އެމެރިކާގެ ދެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ދިން ބެލިސްޓިކް ހަމަލާތަކަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފަށައިފި އެވެ.
އިރާގުގައި ހުރި އެމެރިކާގެ ދެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ދިން ބެލިސްޓިކް ހަމަލާތަކަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފަށައިފި އެވެ.

ސާފު ނުކުރާ ކްރޫޑް ތެލުގެ އަގު 1.4 އިންސައްތަ މަތިވެފައި ވާއިރު، އޭގެ ފީފާއެއް މިހާރު ހުރީ 69.21 ޑޮލަރަށެވެ. އޭގެ އިތުރުން ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ވެސް އަގުތައް ވަނީ ވެއްޓެން ފަށާފަ އެވެ.

އީރާނުން ބުނީ އެ ހަމަލާތަކަކީ އެގައުމުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލެއިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ދިން ހަމަލާއެއްގައި ސުލެއިމާނީ މަރާލާފައި ވާއިރު، ދެގައުމުގެ މެދުގައި ހަމަނުޖެހުންތައް އިތުރުވާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

ބޮޑު ހަމަނުޖެހުމެއް އުފެދިއްޖެ ނަމަ ދުނިޔޭގެ އެންމެ ބާރު ބޮޑު ޝިޕިން ރޫޓު، ސްޓްރެއިޓް އޮފް ހޮރްމުޒް، މެދުވެރިކޮށް ތެޔޮ ސަޕްލައި ކުރުމަށް ބުރޫ އަރާނެ އެވެ.

ދުނިޔޭގެ ތެޔޮ ސަޕްލައިގެ ބޮޑު ބަޔެއް ދަތުރު ކުރަނީ އެތަން މެދުވެރިކޮށެވެ. އެތަނަކީ ގަލްފާއި އަރަބި ކަނޑު ގުޅޭ ސަރަހައްދެވެ. ސައުދީ އަރަބިއްޔާ، އިރާގް، ޔޫއޭއީ އަދި ކުވެއިތް ފަދަ ތެޔޮ ސަޕްލައި ކުރާ ގައުމުތަކަށް އެތަން ވަރަށް މުހިއްމެވެ.

އޭގެ އިތުރުން އީރާނާއި ގަތަރުގެ ތެޔޮ އަދި ގޭސް އެކްސްޕޯޓް ކުރުމަށް ވެސް އެ ރޫޓު ބޭނުން ކުރެ އެވެ. އެ ސަރަހައްދުގެ މަތިން ދަތުރު ކުރުން އެމެރިކާގެ އުޅަނދުތަކަށް މަނާކޮށްފައި ވާއިރު، ސިންގަޕޫރު އެއާލައިންސް އިން ވެސް ވަނ އީރާން މަތިން ދަތުރު ނުކުރުމަށް ނިންމާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް