ads
ފޮޓޯ:ފްރުޓް ބާސްކެޓް
ރޯދަމަސް މިއޮތީ ބޯމަތިވެފަ، ކަރާ ގަންނައިރު މިކަންކަމަށް ވިސްނާލާތި!
މިއަހަރުގެ ރޯދަމަސް އަހަރެމެންނާއި ބައްދަލުކުރަން ދެން އޮތީ އެންމެ 12 ދުވަހެވެ. ރޯދަަމަހު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް އެއްޗަކަށް ވެފައި އޮންނަނީ ޝައްކެތްވެސް ނެތް ގޮތުގައި ކަރާއެވެ.

އަދި ކޮންމެ އަހަރެއްގެ ވެސް އެންމެ ގިނައިން ބާޒާރުތައް ފުރިފަ އޮންނަ ފަސޭހަ ކަމާއިއެކު ލިބެން ހުންނަ މޭވާ އަކީވެސް ކަރާއެވެ. އެހެންކަމުން ބާޒާރަށް ގޮސް ރަނގަޅު ކަރާއެއް ހޯދަން އުޅުމުގެ ބަދަލުގައި އަތު ޖެހުނު ކަރައެއް ހިފައިގެން އައިސް ފަނިގިރަން ނުވަތަ ކާން ބަލާލާއިރު ބައެއް ފަހަރު އަނބިމީހާއަށް ކަމު ނުގޮސްގެން އަނެއްކާވެސް އެހެން ކަރައެއް ގަންނަން ދާންޖެހޭ ފަހަރުތައް މަދެއް ނޫނެވެ. 

މިހެންވަނީ ގިނަ މީހުންނަށް ރަނގަޅު ކަަރައެއް ހޯދަން ބަލާއިރު ބަލަންވީ ކޮންކަންތައް ތަކަކަށްކަން ނޭގޭތީއެވެ. އެހެންކަމުން ކުރިމަތީ މިއޮތް ރޯދަމަހު ރަނގަޅު މީރު ކަރައެއް ގަންނަން ބާޒާރަށް ދާއިރު ކަރައެއް ގަތުމުގެ ކުރިން ވިސްނާލަންޖެހޭ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ކަރާގެ ވަށައިގެން ހުންނަ ރޮގުތައް:

ރަނގަޅު މީރު ކަރައެއް ދެނެގަނެވޭނެ އެންމެ ފަސޭހަ ގޮތަކަށް މިކަމުގެ މާހިރުން ލަފާދެނީ ކަރާގެ ވަށައިގެން ހުންނަ ރޮގުތަކަށް ބެލުމެވެ. މިގޮތުން ގުދުރަތުން އޭގައި ވަށައިގެން ޑިޒައިން ކޮށްފައިވާ ރޮނގުތަކުގެ ދުރުމިނާއި ކުލައަށް ވެސް ބެލިދާނެއެވެ. ރަނގަޅު ކަރައެއްގައި ނަމަ މި ރޮނގުތަކުގެ ކުލަ ފެހިކަން ގަދަވެފައި، ދޭތެރެ ދުރުވާނެ ކަމަށް މިކަމުގެ މާހިރުން ބުނެއެވެ.

your imageކަރާގެ ރޮނގުތައް ދުރުވަން ޖެހޭނެ

ކަރާގެ ތަޑިގަނޑު:

އާޢްމުކޮށް އެކި ކަރާގައި ހުންނަ ޑިޒައިންތައް ކުޑަކޮށް ތަފާތުވެފައި ހުރެއެވެ. ހާއްސަކޮށް ތަޑިގަނޑުގެ ބައްޓަން ތަފާތުކަން ފާހަގަކުރެވޭނެއެވެ. މިކަމުން ރަނގަޅު ކަރާ ދެނެގަންނަން ވަރަށް ފަސޭހަވާނެ ކަމަށް މާހިރުން ބުނެއެވެ. އެގޮތުން ތަޑިގަނޑު ސީދާ ތެދަށް ހުންނަނަމަ އެއީ ރަނގަޅު ކަރައެއް ނޫނެވެ. ރަނގަޅު މީރު ކަރައެއް ނަމަ ތަޑިގަނޑު ކުޑަކޮށް ބަޅުވެފައި ހުންނާނެ ކަމަށް މާހިރުން ބުނެއެވެ.

your imageތަނޑިގަނޑަށް ބެލުން ވަރަށް މުހިންމު

ކަރާގެ ފުލުގައި އިންނަ ޑޮޓް:

މިއީ އާއްމުކޮށް ކަރައެއް ހޯދާއިރު އެންމެ ނުބެލޭ ދިމާލެވެ. މީގެ ކުރިން މި ފާހަގަކުރި ކަންކަމަށް ބަލައިގެން ކަރައެއް އިހްތިޔާރު ކުރާ މީހުންވެސް ނުބަލާ ދޫކޮށްލާ އެއް ކަމަކީ ކަރާގެ ފުލެވެ. އެހެންނަމަވެސް މިއީ ރަނގަޅު ކަރައެއް އިހްތިޔާރު ކުރުމަށް ބެލުމަށް އެންމެ އިސްކަން ދޭން ޖެހޭ ކަންތައްތަކަމަށް މާހިރުން ބުނެއެވެ. އެއީ މިއީ ކަރާގެ ފޮނިމިން ވަޒަންކުރާ އެއް ސިފަކަމަށް ވުމުންނެވެ. އެގޮތުން ކަރާގެ ފުލުގައި އިންނަ މި ޑޮޓް ބޮޑު ނަމަ އެ ނުގަންނާށެވެ. އެ ޑޮޓް އެންމެ ކުޑަ ކަރާއެއް އިހްތިޔާރު ކުރަން ސަމާލުކަން ދޭށެވެ. 

your imageއެންމެ ކުޑަ ޑޮޓް ހުންނަ ކަރާ ގަތުމަށް ސަމާލުކަން ދީ

ކަރާގެ ބައްޓަން: 

ގިނަ ފަރާތްތަކުން ކަރައެއް ގަންނައިރު ތަނުގައި އޮންނަ އެންމެ ބޮޑު ކަރާ ނުވަތަ ދިގު ކަރާ ހިފައިގެން ގެޔަށް އާދެއެވެ. އެހެންނަމަަވެސް ގެޔަށް އައިސް ބަލާލާއިރު، ފޮނި ރަހެއް ނުލައެވެ. ލަނީ ހުސް ފެން ރަހެއެވެ. ކަރައެއް ހޯދާއިރު އެންމެ ގިނަ މީޙުން ބޭނުންވަނީ ފޮނިކަން ގަދަ ކަރާއެވެ. މިކަން ފުރިހަަމަވާނީ ބައްޓަމަށް ކުލަައަށް ކޮންމެވެސް ވަަރަކަށް ބަލައިލާގެންނެވެ. އެގޮތުން ފޮޓޯގަ އެ ފެންނަ ގޮތަށް ކަރާ ދިގުވީމަ ކަމަކު ނުދާނެއެވެ. ކުޑަކޮށް ކުރުވެފަ ފަތާކޮށް ހުންނަ ކަރާ އެއީ އެންމެ ރަނގަޅު ކަރައެވެ.

your imageދިގު ކަރަޔަށްވުރެ ފޮނިކަން ގަދަވާނީ ކުރުފަލަ ކަރާ

މިއީ ކުރިއަށް އޮތް ރޯދަމަހު ކަރާ ގަންނަން ދާއިރު ހުރިހާ އެންމެންވެސް ބަލައިލުން މުހިންމު ބައެއް ކަންކަމެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަން ދީގެން ކަރާ ގަންނަން މިފަހަރު ހަނދާން ބަހައްޓަޗެވެ. 

78%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް