ads
އިބްރާ
ބަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް!
މަންދު ކޮލެޖުގެ ބާނީ އިބްރާހީމް އިސްމާއީލް (އިބްރާ)، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން އަމުރެއް ނެރެފިއެވެ.

މި އަމުރާއެކު އިބްރާ މި މައްސަލައިގައި ޓުވީޓެއް ކޮށްފައިވާއިރު، ސީއެންއެމް އަށް މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އިބްރާ ވިދާޅުވީ މި އަމުރަކީ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ކޯޓަށް ހާޒިރުވާން ނެރެފައިވާ އަމުރެއް ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ހިމެނޭ ކުންފުންޏަކީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްނޫން ކަމަށް އިބްރާ ވިދާޅުވިއެވެ. 

އިބްރާ ވިދާޅުވީ ސިވިލް ކޯޓުގެ އަމުރު ހިފައިގެން ފުލުހުން އައި ކަމަށެވެ. އަދި ފުލުހުން އައުމުން ފުލުހުންނާއެކު ދާން ތައްޔާރަށް ހުންނެވި ކަމަށާއި، ހައްޔަރު ކޮށްގެން ގެންދަންވީ ނުންތޯ ފުލުހުންގެ ކިބައިން ސުވާލު ކުރެއްވި ކަމަށް އިބްރާ ވިދާޅުވިއެވެ.

މި މައްސަލައިގައި ހައިކޯޓުން މި އަމުރު ނެރެފައި ވީނަމަވެސް، ފުލުހުން އިބްރާ ހައްޔަރެއް ނުކުރެއެވެ. އިބްރާ ވިދާޅުވީ "ކޯޓަށް އެބުނާ ގަޑިއަށް ދަނިކޮށް ރަނގަޅު ކަމަށް" ފުލުހުން ބުނި ކަމަށެވެ. 

މީގެ އިތުރުން މި މައްސަލައިގައި އެއްވެސް އިރެއްގައި އެއްވެސް ޗިޓެއް ނުލިބޭ ކަމަށް އިބްރާ ވިދާޅުވިއެވެ. އިބްރާ ކުރެއްވި ޓުވީޓުގައިވެސް، އަދި ސީއެންއެމްއަށް ދެއްވި އިންޓަވިއުގައިވެސް، މިދިޔަ މަސްތެރޭ އެކި ފަހަރު މަތިން ކޯޓަށް ދިޔަ ކަމަށް އިބްރާ ވިދާޅުވިއެވެ. 

އިބްރާ ވިދާޅުވީ، ސިޔާސީ ދާއިރާގައި އުޅެފަ ތިބޭ މީހުން ވާހަކައެއް ދެއްކީމާ ނިޒާމުގެ ތެރެއިން މިކަހަލަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި މިއީ އިބްރާއަށް އާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

ސިވިލް ކޯޓުން ނެރެފައިވާ މި އަމުރަކީ އިއްޔެ ނެރެފައިވާ އަމުރެކެވެ. އަދި މި އަމުރުގައި ވަނީ އަންނަ އާދިއްތަ ދުވަހު 13:45ގައި ފުލުހުންގެ ބެލުމުގެ ދަށުން އިބްރާ ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އަމުރު ކޮށްފައެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް