ads
ރާއްޖެއަށް އައި ބައެއް ތަރިން-
އެނގޭތަ؟ ގިނަ ތަރިން ރާއްޖެ އަންނަނީ ހިލޭ!
އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ރާއްޖެ އިންތިހާއަށް މަގްބޫލުވެ، މި ތަނަށް އަންނަ ތަރިންގެ ނިސްބަތް މި ކޮވިޑްގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.

ތިން ހަތަރު ފަހަރަށް ބައެއް ތަރިން ރާއްޖެއަށް ޒިޔާރާތްކުރަމުން އަންނައިރު ބައެއް މީހުން ކުރިމަތިކުރާ ސުވާލަކީ އެމީހުންނަށް ހަމަ އެވަރަށް ފައިސާ ލިބެނީތޯ އެވެ.  

އެކަމަކު މިގޮތަށް އަންނަ ތަރިންނަށް ބަލާއިރު މީގެ ތެރެއިން ގިނަ ތަރިން އަންނަނީ ހިލޭ އެވެ. އެގޮތުން ރާއްޖެ އައިސް އެމީހުން ތިބޭ ރިސޯޓު އިޝްތިހާރުކޮށް އެތަނުގެ ފޮޓޯތައް ހިއްސާކުރާ ގޮތަށް އެއްބަސްވެގެން އަންނަ ތަރިން މަދެއް ނޫނެވެ.

your imageރާއްޖެއަށް އައި ބައެއް ތަރިން-

ރާއްޖޭގެ ރީތިކަން ބަލާލުމަށް ހިތްޖެހިފައިވާ މިންވަރުގެ ބޮޑުކަމުން ތަރިން  މިގޮތަށް ރާއްޖެއަށް އަންނައިރު ޓީވީ ތަރި ހީނާ ހާން އާއި ޕާތު ސަމްތާން އަދި އެރިކާ ފެނާންޑެސް ފަދަ ތަރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ބޮލީވުޑުގެ ތަރިންނަށް ބަލާއިރު ޝިލްޕާ ޝެޓީ އާއި ސޮނާކްޝީ ސިންހަ އަދި ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީގެ އިތުރުން ޝްރައްދާ ކަޕޫރު ފަދަ ތަރިން ވަނީ ތިން ހަތަރު ފަހަރަށް މިހާރު ވެސް ރާއްޖެއަަށް އައިސްފަ އެވެ.

މި ތަރިންގެ އިތުރުން ވެސް އެތައް ތަރިންނެއްގެ މެދުގައި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ އެވެ. 

18%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
49%
ވަރަށް ސަލާމް
ކޮމެންޓްސް