ads
ފިނޭންސް މިނިސްޓްރީ---
ބުރާސްފަތި ދުވަހު ދައުލަތުގެ އޮފީސްތަކުގެ ރޯދަ އިނާޔަތް ދެނީ
އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރޯދަ މަހުގެ އިނާޔަތް ދޫކުރަން ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އަންގައިފި އެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި މިފަހަރު ވެސް ސަރުކާރު އޮފީސްތަކުން ދޫކުރަން ނިންމާފައިވަނީ 3000 ރުފިޔާ އެވެ. ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނު ނަންބަރު 2/2008 ގެ 51 ވަނަ މާއްދައިގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ރޯދަ މަސް ފެށުމުގެ ކުރިން -/3000 ރުފިޔާ ދޭންވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ރޯދަ އިނާޔަތް ދިނުމާ ގުޅޭ ގޮތުން ނެރުނު ސާކިއުލަރގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭ އިރު އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށެވެ.

ދިވެހި ރާއްޖޭގެ ކަަލަންޑަރުގައި ވާގޮތުން މިފަހަރުގެ ރޯދަ މަސް ފެށޭނީ އޭޕްރީލް 13 ވާ އަންގާރަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް