ads
ޖަނާނީ--
ރާއްޖެ އިޝްތިހާރުކުރަން ޖަނާނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި
ސައުތު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޖަނާނީ އަޔާ އާއިއެކު ފެމިލިއަރައިޒޭޝަން ޓްރިޕެއް ވިޒިޓް މޯލްޑިވްސް އިން ފަށައިފި އެވެ.

އިންޑިއާ އިން ޒިޔާރަތްކުރާ ފަތުވެރިންގެ އަދަދު އިތުރުކުމުގެ މަގްސަދުގައި ފެށި އެ ފޭމް ޓްރިޕްގައި ޖަނާނީ އާއި އާއިލާ ރާއްޖޭގައި ހުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ނިޔަލަށެވެ.

މި ދަތުރުގައި ޖަނާނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި ތަޖުރިބާކުރެވޭ ތަފާތު ކަންތައްތައް ދައްކާލެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. 

ޖަނާނީ އަޔާ އަކީ ސޯޝަލް މީޑިއާގައި 46 މިލިޔަނަށް ވުރެގިނަ ފޮލޮވާސް ހިމެނޭ ޓަމިލް އަދި މަލަޔާލަމް ފިލްމުތަކުގައި މަޝްހޫރު ތަރިއެކެވެ. 

އެ ދަތުރުގައި ޖަނާނީ އާއި އާއިލާ ރާއްޖޭގައި ހޭދަކުރާ 6 ދުވަސް ތިބުމަށް ހަމަޖެހިފައިވަނީ ދަ ރެސިޑެންސް މޯލްޑިވްސް ދިގުރަށުގަ އެވެ. އެ ދަތުރުގައި ފަތުރުވެރިންނަށް ލިބެން  ހުންނަ ތަފާތު ތަޖުރިބާތައްކޮށް ޖަނާނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ދައްކާލަދެވިގެން ދާނެ އެވެ. 

ންޑިއާގެ ފިލްމީ ތަރިން ޗުއްޓީ ހޭދަކޮށްލަން އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ވެފައެވެ. ބޮލީވުޑްގެ ތަރިންގެކަމަށްވާ ތާޕްސީ ޕަންނޫ އާއި ވަރުން ދަވަން އަދި ޓައިގަ ޝްރޮފް، ދިޝާ ޕަޓާނީ އަދި ނޭހާ ދޫޕިއާ ފަދަ މަޝްހޫރު ތަރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. 

އިންޑިއާގެ  މަޝްހޫރު ތަރިން ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކުރުމުން ރާއްޖޭގެ މަގްބޫލުކަން އިންޑިއާގައި އިތުރުވެގެން ދެއެވެ. އަދި މިގޮތުން ރާއްޖެ އަކީ އިންޑިއާގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ މަންޒިލެއްގެ ގޮތުގައި ވަނީ ވެފައެވެ. 

މާޗް މަހަކީ ވިޒިޓް މޯލްޑިވްސް އިން އިންޑިއާ މާކެޓްގައި އަމަލީގޮތުން ގިނަ މާކެޓިން ހަރަކާތްތަކެއް ކުރިޔަށްގެންދިޔަ މަހެކެވެ. އޭގެ ތެރޭގައި ޕްރެސް ކޮންފަރެންސް އަކާއި ރޯޑްޝޯ އެއްވަނީ މާރިޗް މަހު 22 ވަނަ ދުވަހު ބާއްވާފައެވެ. އަދި މީގެއިތުރުން މާޗް މަހު 26 އިން 28 ގެ ނިޔަލަށް ބޭއްވުނު ސައުތް އޭޝިއަން ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް (ސާޓޭ) ގައި ވިޒިޓް މޯލްޑިވްސް އާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުންވެސް ވަނީ ބައިވެރިވެއެފައެވެ.

ކޮވިޑް -19 އިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކާއިއެކު ޖުލައި 15 ގައި ދިވެހިރާއްޖެ އިން ވަނީ ހުރިހާ ގައުމަކަށް ބޯޑަރު އަލުން ހުޅުވާލައިފަ އެވެ. އަދި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން، ރާއްޖެ އަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ވެސް ވަނީ ވެފައެވެ. އަދި އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކޮވިޑް-19 ގެ ވެކްސިން ފްރޮންޓް ލައިން މުއްޒަފުންނަށާއި، ހުރިހާ ރައްޔިތުންނަށް ދިނުމުގެ މަޝްރޫއު ވަނީ ފަށާފައެވެ.

އިންޑިއާގެ މާކެޓްގައި ވިޒިޓް މޯލްޑިވްސް އިން ދަނީ ބޮޑެތި މާކެޓިން ހަރަކާތް ތަކެއް ކުރިޔަށް ގެންދަމުންނެވެ. މީގެ ތެރޭގައި މިހާރު ކުރިޔަށްދާ ވެޑިން ސުތުރާ ކެމްޕެއިނާއި ތޯމަސްކުކް އަދި މޭކްލައި ޓްރިޕް އާއި އެކު ކުރިޔަށްގެންދާ ކެމްޕެއިންތައް ހިމެނެއެވެ. އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އިން ވަނީ މީޑިއާ އަދި ޓްރެވަލް އެޖެންޓް ފެމެލިއަރައިޒޭޝަން ޓްރިޕް ތަކެއްވެސް ކުރިޔަށްގެންގޮސް ފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް