ads
ބާޕީ ލަހީރީ
ބާޕީ ލަހީރީ އަށް ކޮވިޑް ޖެހި އައިސީޔޫގައި ފަރުވާދެނީ
ބާޕީ ލަހީރީ އަކީ ބޮލީވުޓްގައި މަޝްހޫރު ލަވަ ކިޔުން ތެރި އެކެވެ. އޭނާ ވަނީ "އޫށް ލައްލާ" އަދި "ހަންމާ" ފަދަ މަޝްހޫރު ލަވަތައް ކޮންޕޯސް ކޮށްފަ އެވެ.

ބާޕީ އަށް ކޮވިޑް ޖެހިފައިވާ ކަން އޭނާގެ ދަރިފުޅު ބާޕާ ލަހީރީ ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ބާޕާ ވަނީ އޭނާގެ ބައްޕަ ބެލުމަށް ޔޫކޭގައި ހުރެފައި އިންޑިއާއަށް ގޮސްފަ އެވެ. ނަމަވެސް ކޮވިޑް ގެ ސަބަބުން އެ ދެބަފައިންނަކަށް ދިމަލެއް ނުވެވުނެވެ. އެހެން އުޅެނިކޮށް އޭނާގެ ބައްޕައާއި ބާޕާ ވެސް މިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

your imageބާޕީ ލަހާރީ އަދި ބާޕާ ލަހާރީ

ބާޕީއަށް ކޮވިޑު ޖެހިފައިވަނީ ބުދަ ދުވަހުއެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ބާޕާ ވަނީ ކިޔާދީ ފައެވެ.

"ބައްޕަ ކައިރީގައި ނުހުރެވޭތީ ވަރަށް ދެރަވޭ. މީ އާއިލާއަށް ވަރަށް ބިރުވެރި ވަގުތެއް،" - ބާޕާ-

ބާޕާ ބުނެފައިވަނީ ކޮވިޑްގެ މި ހާލަތުގައި ވަރަށް އެންމެން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ވެކްސިން ޖެހޭނެ މީހުން އަވަހަށް ވެކްސިން ޖެހުމަށް ވެސް އޭނާ ވަނީ ނަސޭހަތްތެރި ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް