ads
ފޮޓޯ: ޕާކު ކޮށްފައިވާ ކާރުތަކެއް
"ގަޑިއެއްގެއިރު ވަންދެން ކާރު ނުހުއްޓާ ދުއްވީ ބޭރު އަންހެނެއް ކަމަށް ހީކޮށް،"
ބިދޭސީއެއް ކަމަށް ހީކޮށް ދިވެހި ޒުވާން އަންހެން ކުއްޖަކު ގޮވައިގެން ރާއްޖޭގެ ޓެކްސީ ޑްރައިވަރު އެއް ގަޑި އިރަށް ވުރެ ގިނަ އިރު ވަންދެން މާލެ ތެރޭގައި ދުއްވާފައިވާކަމަށް ތުހުމަތު ކޮށްފިއެވެ.

އެކުއްޖާގެ ދައްތަ މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އޭނާގެ ކޮއްކޮ އަކަށް ޓެކްސީ ޑްރައިވަރަކު ފުރައްސާރަކޮށް ބިރު ދައްކައިފި ކަމަށެވެ.

މިކަމާ ގުޅިގެން ތުހުމަތުކޮށްފައިވާ ސެންޓަރުން ބުނެފައިވަނީ އެއީ ކޮން ކާރެއް ތޯ ހޯދަމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުން ކަމަށެވެ. އަދި ކާރު ނޯޓިސް ވީހާ ވެސް އަވަހަކަށް އެއީ ކޮން ކާރެއްކަން އަންގާނެ ކަމަށާއި އެ ޑްރައިވަރާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް އެ ސެންޓަރު ބުނެއެވެ.

އެ ޓެކްސީއަކީ ރިހި ކުލައިގެ ކާރެއް ކަމަށް އޭނާ ބުނެފައިި ވެއެވެ. އަދި ޓެކްސީގައި ސެންޓަރުގެ ލޯގޯ ވެސް އިންކަމަށް އެނާ ވަނީ ބުނެފައެވެ. އަދި އޭނާގެ ކޮއްކޮ ބިރުން ހުރި ވަރުން ޓެކްސީ ނަންބަރުވެސް ހަދާނެއް ނެތް ކަމަށް އެ ޓުވީޓުގައި ވެއެވެ.

"މާލޭ ތެރޭގައި ގަޑިއިރެއް ވަންދެން އޭނާގެ ކޮއްކޮ ގޮވައިގެން ދުއްވާފައި އެ ޑްރައިވަރު ބުނީ އޭނާ ހީކުރީ އެއީ ބޭރު މީހެއް ކަމަށް،" -ކުއްޖާގެ ދައްތަ-

އެހެން އެ ޑްރައިވަރު ބުނެފައި ވުމުން އެ ކުއްޖާގެ ދައްތަ ވަނީ ބިދޭސީއެއް ވިއްޔާ ފޮށެން ޖެހޭ ތޯ ސުވާލު އުފައްދާފަ އެވެ.

އެ ޓުވީޓުގައި އޭނާ ބުނެފައި ވަނީ އެ ޑްރައިވަރަކީ ކާކުކަން ހޯދާނެ ކަމަށެވެ. އަދި ކަމާ ބެހޭ މުވައްސަސާ ތަކަށް މައްސަލަ ޖެއްސިޔަސް އެ މަގުތަކުގައި ސީސީޓިވީ ކެމެރާ ތައް ހުންނާނީ ހަލާކުވެފައިކަން ޔަގީން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އެހެންކަމުން އެމީހާ ހޯދުމަށް ފަހުގައި ފުލުހަށް އެމީހާ ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ގެ ޓުވީޓުގައި ވެއެވެ.

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް