ads
އިހްތިޖާޖްގެ ތެރެއިން
ެއިހްތިޖާޖުން 10 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރޭޕާއި ދެކޮޅަށް އިދިކޮޅުން މާލޭގައި ކުރަމުންދާ އިހްތިޖާޖުން މިހާތަނަށް 12 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

މި އިހްތިޖާޖް ފަށާފައިވަނީ ސޯސަންމަގު، މަޖީދީ މަގު ކަންމަތިންނެވެ. "ރޭޕާއި ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދާ އިހްތިޖާޖްގައި ގިނަ ބަޔަކު ވަނީ މަގުމައްޗަށް  ނިކުމެފައެވެ. 

އަދި މި އިހްތިޖާޖް ހުއްޓުވުމަށްޓަކައި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް އެއްވުމުގެ ތެރެއިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އިދިކޮޅުން ރޭޕާއި ދެކޮޅަށް އިހްތިޖާޖު ފަށާފައިވަނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެންނެވެ. 

އެ ކުއްޖެއް ރޭޕް ކުރިކަމުގެ މައްސަލަ މާޗު މަހުގެ ކުރީ ކޮޅު ފެންމަތި ވެފައިވާއިރު، އެ މައްސަލައިގައި ކުށުގެ ތުހުމަތު ކުރެވެނީ އޭނާ ކިޔަވާ ސްކޫލުގެ ޓީޗަރަކަށެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފިނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް