ads
ސަޗިން
ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ސަޗިން އެޑްމިޓްކޮށްފި
ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ އިންޑިޔާގެ ކުރީގެ ކުރިކެޓް ތަރި ސަޗިން ޓެންޑުލްކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ. ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ސަޗިން އެޑްމިޓްކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސަޗިން ޓެންޑުލްކާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހަފުތާ ތެރޭގައެވެ. އޭރުއްސުރެ އޭނާ ހުރީ ގޭގައި ހޯމް އައިސޮލޭޝަންގައެވެ. އެހެންނަމަވެސް ހުކުރު ދުވަހު ސަޗިންވަނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަޗިން އެޑްމިޓް ކުރި ނަމަވެސް އޭނާގެ ހާލު ގޯހެއް ނޫނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރިކަން އިއުލާން ކުރީ ސަޗިން އަމިއްލައަށް އޭނާގެ ޓްވިޓާގައެވެ.

ސަޗިން، ކޮވިޑަށް ޕޮޒިޓިވްވީކަން އިއުލާނުކޮށް، އޭނާ އެންމެ ފުރަތަމަ ކުރި ޓްވީޓުގައިވެސް އޭނާގެ ހަށިގަނޑުން ކޮވިޑުގެ އަލާމާތްތައްވެސް ފެންނަކަމަށް ބުނެފައިވެއެވެ.

އުމުރުން ސާޅީސް ހަތް އަހަރުގެ ސަޗިންވަނީ އޭނާގެ ރަން ޒަމާނުގައި ވޯލްޑްކަޕު އިންޑިއާއަށް ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން އޭނާއަކީ ޓެސްޓް އަދި ވަންޑޭ އިންޓަނޭޝަނަލްގެ އޯލް ޓައިމް ހަޔަސްޓް ރަން ސްކޯރާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް