ads
ރެގޭ-ޖޯން ބްރިޖިޓަން ސީރީޒް އެކެއްގެ މަންޒަރެއްގައި ---
މިއީ އޭޕްރީލް ފޫލެއް ނޫން، ބްރިޖިޓަންގެ ދެވަނަ ސީޒަނުން ރެގޭ-ޖޯން ނުފެންނާނެެ!
މިދިޔަ އަހަރު ޑިސެމްބަރު މަހު 25 ވަނަ ދުވަހު ނެޓްފްލިކްސް އިން ރިލީޒް ކުރި ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް، ބްރިޖިޓަން އަކީ ދިވެހިންގެ ތެރޭ ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒް އެކެވެ.

މިހާރު ދެވަނަ ސީޒަނެއްވެސް އިއުލާނުކޮށްފައިވާ މި ސީރީޒްގެ ފޭނުންނަށް މި ވަނީ ދެރަ ހަބަރަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ މި ސީރީޒްގެ ލީޑް އެކްޓަރު ރެގޭ-ޖޯން ޕޭޖް ދެވަނަ ސީޒަނުން ނުފެންނަ ކަމުގެ ހަބަރެވެ. 

މިކަން އޭނާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފައިވާއިރު، ބްރިޖިޓަންގެ ރަސްމީ ޓުވިޓާ އެކައުންޓުގައިވެސް ވަނީ މިކަން އިއުލާނު ކޮށްފައެވެ. ނަމަވެސް އޭނާ ބްރިޖިޓަން ދޫކޮށްލި ސަބަބެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ މިއީ "އޭޕްރީލް ފޫލް ޖޯކެއް" ތޯ ސުވާލު އުފައްދާފައެވެ. އަދި ހަމަ ހަގީގަތުގައިވެސް ދެވަނަ ސީޒަނުން ރެގޭ ނުފެންނާނެ ނަމަ، ދެން މި ސީރީޒްގައި ވާނީ ކިހިނެއްތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. 

ނަމަވެސް ނެޓްފްލިކްސް ޔޫކޭ އަދި މި ސީރީޒްގެ ޕްރޮޑިއުސަރުން ވެސް ވަނީ ރެގޭގެ ޕޯސްޓަށް ކޮމެންޓުކޮށްފައެވެ. އެެއާއެކު ބޮޑަށް ބިރަވެވެނީ މިއީ ހަގީގަތެއް ކަމަށެވެ. އަދި އޭޕްރީލް ފޫލް ޖޯކެއް ނޫންކަމެވެ.  

މި ފިލްމުގެ ފުރަތަމަ ސީޒަންގައި މައިގަނޑުގޮތެއްގައި ފެނިގެން ދިޔައީ ރެގޭގެ ކެރެކްޓަރު ސައިމަން ބެސެޓް އަދި ފީބީ ޑެނެވާގެ ކެރެކްޓާ ޑެފްނީ ބްރިޖެޓަންގެ ހަޔާތުގައި ދިމާވާ ކަންކަމުގެ މައްޗަށެވެ. އިންގިރޭސި ވިލާތުގެ ރީޖަންސީ ދުވަސްވަރުގައި ހިނގާ ކަންކަން ދައްކުވައިދޭ މި ސީރީޒްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކާމިޔާބު އަދި މަގުބޫލު ސީރީޒް އެކެވެ.

ބްރިޖިޓަންގެ ރަސްމީ ޓުވިޓާ އެކައުންޓުން ހިއްސާ ކުރި ޕޯސްޓަށް ބަލާއިރު، ފުރަތަމަ ސީޒަނާއި ހިލާފަށް މި ސީރީޒްގެ ދެވަނަ ސީޒަން ހާއްސަވާނީ ޑެފްނީ ބްރިޖެޓަންގެ ބޭބެ، އެންތަނީ ބްރިޖިޓަންގެ ހަޔާތުގެ މައްޗަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް