ads
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު މީހަކަށް ދެނީ ---
މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށައިފި
ކޮވިޑް 19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމުގެ މަސައްކަތް ރަސްމީކޮށް މާލެ ސަރަހައްދުގައި ފަށައިފި އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖެހުމުގެ ކަންކަން މާލެ ސަރަހައްދުގައި ފަށާނެކަން މިދިޔަ ހަފްތާގެ ތެރޭގައި އިއުލާނުކޮށްފައެވެ. 

އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ދާއިރު އައިޑީކާޑު، ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑު ފަދަ، ކާކުކަން އަންގައިދޭ ލިޔުމެއް ގެންދިއުމަށް އެޗްޕީއޭއިން އެދެއެވެ. އަދި ފުރަތަމަ ޑޯޒު ޖެހުމުން ލިބުނު ވެކްސިން ކާޑު ގެނައުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ހުން އައިސްފައި ހުރި ނަމަ، ނުވަތަ ބަލީގެ އަލާމާތެއް ހުރި ނަމަ އަދި ތިބާ އަކީ ޕޮޒިޓިވް މީހެއް ނަމަ މި ވެކްސިން ނުޖަހާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު މިއަދު ޖަހަން ފަށާފައި މިވަނީ ފެބްރުއަރީ އެކަކާއި ހަތަރަކާއި ދެމެދު ވެކްސިން ޖެހި މީހުނަށް ކަމަށް މީގެ ކުރިން އެޗްއީއޯސީން މައުލޫމާތު ދީފައިވެއެވެ. 

އެގޮތުން ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފުލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް