ads
ފޮޓޯ--އެމްޓީސީސީ
އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށައިފި
ސ. މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މީދޫ ގިރާ ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަޝްރޫއު ފައްޓަވާ ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޝިފާޒު އަލީ (އެންޒޯ) އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރެވިގެން މިވަގުތު ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ކަމަށާއި ޖުމްލަކޮށް ރާއްޖޭގައި މިވަގުތު 54 ހަތަރު ޕްރޮޖެކްޓު އެމްޓީސީސީއިންގެ ދަށުން ކުރިއަށްދާ ކަމަށެވެ.

އަދި އެއްދަޑިވަޅެއްގައި މިހާ ގިނަ ޕްރެޖެކްޓެއް އެމްޓީސީސީގެ ހަޔާތުގައި ހިނގާފައި ނުފާކަމަށާއި އަހަރެންގެ ތެރޭގައި އެ ކުންފުނިން އާންމުކޮށް ހިންގަނީ 25 ނުވަތަ 22 ޕްރޮޖެކްޓުކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

your imageފޮޓޯ--އެމްޓީސީސީ

އެހެންނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި ގައުމުތަރައްގީކުރުމަށްޓަކާ އެމްޓީސީސީއަށް ވަނީ ގިނަ ޕްރޮޖެކްޓުތަކެއް ހަވާލުކޮށްފައި ކަމަށާއި އެ މަޝްރޫތައް އަވަސް ސްޕީޑެއްގައި ނިންމާލުމުގެ މަސައްކަތް ކުރަމުން އަންމަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މަސައްކަތް ނިންމުމަށް ދެއްވާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ކުންފުނީގެ އަމާޒެއް" އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.

މީދޫ ގިރާ ސަރަހައްދުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް އާއި ހަވާލުކޮށްފައިވަނީ 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އެ މަޝްރޫއުގެ ދަށުން، 1,848 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި،
210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.


ފްލޭނިން މިނިސްޓްރީއިން އިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 5.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ވަނީ މާޗްމަހުގެ 25 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް