ads
ފޮޓޯ އެމްއެންޑީއެފް:-
ސަމާލުވޭ! މިއަދު ރާޅުގެ އުސްމިން 7 ފޫޓު!
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ރާޅެއްގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ހުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުނެއެވެ. 

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ހަތް ފޫޓާއި ފަސް ފޫޓަށް ރާޅު ބޮޑުވި ނަމަވެސް، އެހެން ހިސާބުތަކަށް ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގައި ރާޅު ހުންނާނެކަމަށެވެ.

"ރާއްޖޭގެ އެކިހިސާބަަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެން ވޭ. ހުޅަނގާއި ހުޅަނގުއުތުރުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ އަދި އެެހެން ހިސާބުތަކަަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ،" - މެޓް

 

ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް