ads
އިންޑިއާއިން ވަނީ މިމަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ބައެއް ސަރަހައްދުތަކަށް ޔެލޯ އަދި އޮރެންޖު އެލާޓު ނެރިފަ
އަންޑަމަން ކަނޑުގައި އުފެދުނު ބާރުދަގަ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކޮށްފާނެ ބާ؟
އަންޑަމަން ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑުގެ އަސަރު ކުރާނެކަމަށް ލަފާކޮށް އިންޑިއާގެ މީޓްރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ މިއަދުން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް އިންޑިއާގެ އެކި ސަރަހައްދުތަކަށް އޮރެންޖު އަދި ޔެލޯ އެލާޓް ނެރިފައެވެ.

އިންޑިއާގެ މީޓްރޮލޮޖީން އަންދާޒާ ކޮށްފައިވާ ގޮތުން އިންޑިއާއިން ރާއްޖެއާއި އެންމެ ކައިރީގައި އޮންނަ މަލިކާއި، ކެރެލާ ސްޓޭޓް އަދި ޓެމިލް ނާޑޫ އަށް ވަނީ މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ޔެލޯ އެލާޓު ނެރިފައެވެ. 

your imageއިންޑިއާގެ މެޓުން މިއަދު އާންމުކޮށްފައިވާ ފޮޓޯ:- 

މިގޮތުން އިންޑިއާއިން ލަފާކޮށްފައިވާ ގޮތުން މަލިކު ސަރަހައްދައް ވެސް މި މަހުގެ ހަ ވަނަ ދުވަހު އަދި ހަތް ވަނަ ދުވަހު މޫސުން ގޯސް ވާނެއެވެ. 

ބޯކޮށް ވާރޭ ވެހި ވިދާ ގުގުރަފާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

މި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް މޫސުން ގޯސްވި ނަމަވެސް، އެ ކޮޅިގަނޑު ދަތުރުކުރަމުން ދަނީ އިރުމައްޗަށް މިޔަންމާއާއި ދިމާލަށެވެ. އަދި ކޮޅިގަނޑުގެ ބާރު ދަށްވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އިންޑިއާގެ މެޓް އޮފީހުން މިއަދު ވަނީ ބުނެފައެެވެ. 

ރާއްޖޭގެ މެޓުން މިފަދަ އެލާޓެއް ނެރިފައެއް ނުވެއެވެ. ނަމަވެސް މިމަހުގެ ތިން ވަނަ ދުވަހާއި ދެ ވަނަ ދުވަހު ރާއްޖޭގެ މެޓް އޮފީހުން އާންމު ކޮށްފައިވާ ސެޓްލައިޓު ފޮޓޯތަކުން އެ ކޮޅިގަނޑާއި ގުޅިފައިވާ ވިލާތައް ރާއްޖެކައިރީ ސަރަހައްދުތަކުގައި ދައުރާ މަންޒަރު ފެެނެއެވެ. 

ރެއާއި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް މެޓް އޮފީހުން ނެރުނެވެ. އަދި ރާއްޖޭގެ ދެކުުނުގެ އަތޮޅުތަކަށް ކަނޑު ގަނދަވާނެކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް