ads
ޑީސީގެ ގަހެއްގައި މާ އަޅާފައި
މިއޮތީ އަސްލު "ޗެރީ ބްލޯސަމް" އެއް!
މާލެ ސަރަހައްދުގައި އިންދާފައި ގިނަ ގަސްތަކެއްގައި މާއެޅުމުން ބައެއް މީހުން އެއީ "ޗެރީ ބްލޯސަމް" އެއް ކަމަށް ސިފަކުރިއެވެ.

ގަސްތަކުގައި އާދަޔާހިލާފަށް ގިނައިން މާއަޅާ ފުރާފައި އޮތުމުން ބައެއް މީހުން އެކަމާއި އަންތަރީސް ވިއެވެ. އަނެއްބަޔަކު ސުވާލު ކުރަމުން ގެންދިޔައީ އެއީ އާކަމެއް ތޯ؟ އެެވެ.

މި ބަހުސްގައި އުޅެނިކޮށް މިފަހަރު އަސްލު ޗެރީ ބްލޯސަމް އެއް އައިސްފައި މިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ އަށެވެ. 

your imageޑީސީ އަށް ޗެރީ ބްލޯސަމް އައިސް ގަސްތައް މަލުން ފުރިފައި 

ޑީސީގެ ޕާކުތަކުގައި ގަސްތައް މަލުން ފުރިފައިވާ މަންޒަރު ބަލަން އެތައް ބަޔަކު އެ ގަސްތައް ދޮށަށް ދެއެވެ. 

your imageޑީސީގެ ގަސްތައް މަލުން ފުރިފަ

ޑީސީގައި ވެސް ޗެރީ ބްލޯސަމް ފާހަގަ ކުރަން މީހުން ގަސްތައް ދޮށަށް ދާއިރު، މި ސަގާފަތަކީ ޖަޕާނުން ގައުމުތަކަށް ވާރުތަވެފައިވާ ސަގާފަތެއް ކަމަށް ބެލެވެއެވެ. 

your imageޑީސީގެ ގަސްތައް ދޮށަށް މީހުން ޖަމާވެފަ

ޖަޕާނުގައި ޗެރީ ބްލޯސަމް ކަމަށް ބަލަނީ ކުލަކުލައިން މާއަޅާ ގަސްތަކެއް ބަހާރު މޫސުމުގައި މާ އެޅުމުން އެއީ ނިއުމަތެއް ކަމަށް އެމީހުންގެ ސަގާފަތުގައި ދެކޭތީއެވެ. 

ގަސްތައް ދޮށަށް ގޮސް ކައި މަޖާކޮށް އުފާ ފާޅުކުރުމަކީ ޒަމާނުއްސުރެ ޖަޕާނުގައި ކުރަމުން އައި ސަގާފީކަމެކެވެ. 

your imageޖަޕާނުގެ ޗެރީ ބްލޯސަމް 

މި އަހަރު ބަހާރު މޫސުމުގައި ގަސްތަކުގައި އަވަހަށް މާއެޅީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. 

މިހެންކަމުން މި ދުވަސްވަރަކީ މުޅި ދުނިޔެއަށް ވެސް "ޗެރީ ބްލޯސަމް" އެއް އައިސްފައިވާ ދުވަސްވަރެކެވެ. މަލަށް ލޯބިކުރާ މީހުންނަށް އާއިލާއެކު ޕާކުތަކުގައި ހޭދަކޮށްލަން އުފާވެރި ދުވަސްވަރެކެވެ. 

ޗެރީ ބްލޯސަމް އަކީ ވަކި ގަހަކަށް ހާއްސަކޮށް ކިޔާ ނަމެއް ނޫނެވެ. ނަމަވެސް އެ އާއިލާއަށް ނިސްބަތްވާ ތަފާތު ކުލަ ކުލައިގެ މާ އަޅާ ތަފާތު ނަންނަން ދީފައިވާ ގަސްތައް ހުރެއެވެ. ޖުމްލަގޮތެއްގައި ގަސްތަކެއްގައި ބަހާރު މޫސުމުގައި ހެސްކިޔާފަ މާއެޅުމުން އެއީ "ޗެރީ ބްލޯސަމް" އެއް ކަމަށް ބުނެވިދާނެއެވެ. 

ނަމަވެސް މާލެ ސަރަހައްދުގައި އެކި ތަންތަންކޮޅުގައި ހީނަރުވެފައި ހުރި ވަކި ގަސްތަކެއް ދައްކާފައި އަންތަރީސްވެގެން އުޅުމުން އެމީހަކަށް އެއީ އަލަށް ފެނުނު މަންޒަރެއްތޯ ސުވާލުކޮށްލުން ގޯހެއް ވެސް ނޫނެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް