ads
ކެޕިޓޮލް ފުލުހުން
ކެޕިޓޮލް ހަމަލާއަށް ފަހު މުޅި އެމެރިކާ ބޮޑު ބިރުވެރިކަމެއްގައި!
ހުކުރު ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ކެޕިޓޮލް)ގެ ޗެކްޕޮއިންތަކަށް ދިން ހަމަލާ އަށް ފަހު އެތަނުގެ ސަލާމަތީ ކަންކަމާމެދު ވަނީ ސުވާލުތަކެއް އުފެދިފަައެވެ.

އެހަމާލާ ގައި ކެޕިޓަލް ފުލުހެއް މަރުވެފައިވާ އިރު އިތުރު ފުލުހަކަށް ވަނީ އެކިވަރުގެ ޒަހަމްތަކެއް ލިބިފައެވެ. 

ހަމަލާ ދިން މީހާ ވަނީ ބާރު ސްޕީޑެއްގައި ދުއްވާފަ އައިސް ދެ ފުލުހެއްގެ ގަޔަށް ކާރު އަރުވާލުމަށް ފަހު ބެރިކޭޑަކަށް ކާރު އަރުވާލާފައެވެ. އަދި ބެރިކޭޑްގަ ޖެހި ކާރު ހުއްޓުމުން އެމީހާ ވަނީ ކާރުން ނިކުމެ ވަޅިއެއް ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާ ދޭން މަސައްކަތްކޮށްފައެވެ. 

ފުލުހުންނާ ކުރިމަތިލާން އުޅުމުން ފުލުހުން ވަނީ ބަޑިޖަހައި އެމީހާ މަރާލާފައެވެ.

އެ ހާދިސާ ހިނގި ވަގުތު ކެޕިޓޮލްގަ މަސައްކަތް ކުރާ 535 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތިބީ ރިސެސް އަށް ގޮސްއެވެ.  

ހަމަލާ އަށް ފަހު ދެގަޑިއިރު ވަންދެން ކެޕިޓަލްގަ މަސައްކަތް ކުރާ ހާހެއްހާ މުވައްޒަފުން ވަނީ އެތަނުގެ ލޮކްޑައުންކޮށްފައެވެ. 

your imageހަމަލާ ދިން މިހާގެ ކާރު

ހަމަލާ އާއި ގުޅޭ ގޮތުން އެމެރިކާގެ އިލްނޮއިސް ތަމްސީލް ކުރާ މެމްބަރު ރާޖާ ކްރިޝްނަމޫރްތީ އެމްއެސްއެންބީސީ އަށް ދިން އިންޓަވިއުއެއްގަ ވިދާޅުވީ މިހާރުން މިހާރަށް ކެޕިޓަލްގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ނޭންސީ ޕަލޯސީ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހަމަލާ ތަހުގީގު ކުރާނެ ކަމަށެވެ. އެބަޔާނުގައި ނޭންސީ ވަނީ ކެޕިޓަލްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުންގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

ޖެނުއަރީ ހަވަނަ ދުވަހު އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ޓްރަމްޕްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން ގާނޫނު ހަދާ މަޖިލީހަށް ވަދެ ފުލުހުނަށާއި ތަނަށް ހަމަލާ ދީފައެވެ. އެ ދުވަހު ހިންގި ކުރިމަތިލުމުގައި ފުލުހަކާއި ޓްރަމްޕްގެ ސަޕޯޓަރެއް ވެސް ވަނީ މަރުވެފައެވެ. ހަމަ ނުޖެހުންތައްް ކޮންޓްރޯލްކުރުމަށް އިންތިހާބީ ރައީސް ޖޯ ބައިޑަން ހުވާ ކުރަންދެން ވަނީ އެ ގައުމުގަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް