ads
ރަސޫލާގެ ކާޓުނު ދެއްކި މައްސަލައިގަ މުޒާހަރާ ކުަރަނީ-
ރަސޫލާގެ ކާޓޫނު ދެއްކި މައްސަލައެއް ފެންމަތިވެ، މުޒާހަރާ ކުރަނީ!
ކީރިތި ރަސޫލާ މުހައްމަދު ﷺ ގެ ކުރަހާފައިވާ ކާޓޫނެއް ސްކޫލެއްގެ ދަރިވަރުންނަށް ދެއްކި މައްސަލައެއްގައި އިނގިިރޭސި ވިލާތުގެ ޔޯކްޝާ ސިޓީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ރަސޫލާގެ  ﷺ ކާޓޫނެއް ޔޯކްޝާ ސްކޫލްގެ ދަރިވަރުންތަކަކަށް ދެއްކި މައްސަލައިގަ އެ ސްކޫލްގެ ބެލެނެވެރިންތަކެއްގެ އިތުރުން ގިނަ ބަޔަކު ވަނީ އެއްވެ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

އެ ކާޓޫންތަކަކީ މީގެ ކުރިން ފްރާންސް މެގެޒިންއެއްގަ ކުރަހާފައިވާ ކާޓޫންތަކެއް ކަމަށް އެ ސްކޫލްގެ ޓީޗަރަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ދެ ދުވަސް ވަންދެން އެ ސްކޫލް ކައިރީ މުޒާހަރާކޮށްފަވާއިރު، އެ ސްކޫލުން ކާޓޫނު ދެއްކި ޓީޗަރުގެ މައުލޫމާތެއް އާއްމުކޮށްފައެއް ނުވެއެވެ.

މަރުގެ އިންޒާރުތައް ލިބެން ފެށުމުން ކާޓޫނު ދެއްކި ޓީޗަރު ވަނީ ލޯބިވެރިޔާ އާއި ދަރިންނާ އެކު ފިލާފައެވެ.

ޔޯކްޝާ ސްކޫލުން ވަނީ ޓީޗަރުގެ އަމަލުތައް ދިފާއުކޮށް މުރުތައްދުވުމާ ގުޅޭ ފިލާވަޅުތަކަކީ އެ ސްކޫލްގެ ކައިކުލަމްގެ ހިމެނޭ ބައެއް ކަމަށް ބުނެފައެވެ. ނަމަވެސް އެ ޓީޗަރަށް ކާޓޫން ދެއްކުމުގެ ހުއްދައެއް ދީފައެއް ނޯންނާނެ ކަމަށް އެ ސްކޫލުން ބުނެއެވެެ.

އަދި ސްކޫލުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

މީގެ ކުރިން ރާސޫލާ  ﷺ ގެ ކާޓޫނެއް ދެއްކި މައްސަލައެއްގައި ފްރާންސްގެ ޓީޗަރެއްގެ ބޯ ބުރިކޮށް ވަނީ މަރާލައިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް