ads
ޕާކިސްތާނުގެ އެކްޓްރެސް ސަބާ ގަމަރް
ސަބާ ސިންގަލް ވެއްޖެ
ޕާކިސްތާނުގެ އެކްޓްރެސް ސަބާ ގަމަރު ސިންގަލް ވެެއްޖެކަން އެނާ މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމުގައި މިއަދު ކުރި ޕޯސްޓެއްގައެވެ. 

އެނާ ރައްޓެހިވެގެން އުޅުން ވިޔަފާރިވެރިވާ އަޒީމް ހާންއާއި ރުޅިވަމުން އޭނާ ސަބާ ބުނެފައިވަނީ އޭނާ ދުވަހަކުވެސް އަޒްމީން އާއި ބައްދަލު ވެސް ނުވާކަމަށެވެ. 

"އަހަރުމެން ދެމީހުން ދުވަހަކުވެސް ދިމާނުވޭ. މުޅިން ވެސް ވާހަކަ ދެއްކީ ފޯނުން، އަހަރުމެން ކައިވެންޏެއް ނުކުރާނަން" - ސަބާ ގަމަރް-

your imageސަބާ އަދި އަޒީމް

ސަބާ ބުނެފައިވަނީ މި ދުވަސްކޮޅަކީ އެނާއަށް ވަރަށް މާޔޫސް ދުވަސްކޮޅެއް ކަމަށެވެ. އަދި އެނާގެ ސަޕޯޓަރުން ކުރިން ވެސް އެއްބާރުލުން ދެމުން ދިޔަގޮތައް އޭނާއަށް އެއްބާރުލުމާއި ލޯބި ދެނޭކަމަށް އުންމީދު ކުރާކަމަށް ވެސް ސަބާ ވަނީ ބުނެފައެވެ. 

ސަބާ ގަމަރަކީ ޕާކިސްތާނުގެ އެންމެ އަގު ބޮޑު އެކްޓަރެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް